English Edition
Dhivehi Edition

ޖަރުމަނުގެ އާރްބީ ލައިޕްޒިގް އަށް ކުޅެމުން އައި ޒުވާން ފޯވާޑް ކްރިސްޓޮފާ އެންކުންކޫ ޗެލްސީއަށް ސޮއިކޮށްފިއެވެ.

އޭނާ ޗެލްސީ އާއި ގުޅުނީ ހަ އަހަރުގެ އެއްބަސްވުމެއްގައެވެ. ޗެލްސީން މިހާރު ވަނީ އެންކުންކޫ އެޓީމާއި ގުޅުނުކަން ރަސްމީކޮށް އިއުލާނުވެސް ކޮށްފައެވެ.

އުންކުންކޫ ޗެލްސީއަށް ސޮއިކުރީ 52 މިލިއަން ޕައުންޑުގެ އަގަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ޕީއެސްޖީއަށް ވެސް ކުޅުނު އުމުރުން 25 އަހަރުގެ އެންކުންކޫ ވަނީ 2022-23 ވަނަ ސީޒަނުގައި ޖަރުމަނު ލީގުގެ މޮޅު ކުޅުންތެރިޔާ އަދި ޖަރުމަނުގެ ޕީއެފްއޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

އޭނާ ވަނީ މިދިޔަ ސީޒަނުގައި ލެއިޕްޒިގަށް 23 ލަނޑު ކާމިޔާބުކޮށްފައެވެ.