ބީއެމްއެލްގެ ކޯޑިންގ އަދި އިންޖިނިއަރިންގ ޕްރޮގްރާމް ނިންމާލައިފިއެވެ.
މިއީ އީޖާދީ އަދި ޓެކްނޮލޮޖީގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި ޕްރޮގްރާމެކެވެ.
ކާމިޔާބުކަމާއެކު މި ޕްރޮގްރާމު ނިންމާލާފައިވާއިރު، 12 އަހަރާއި 14 އަހަރުގެ އުމުރުފުރާގެ އަންހެން ކުދީންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމް، ޖުމްލަ 24 ކުދިން ވަނީ ފުރިހަމަކޮށްފައެވެ.
ފޯލޫޕް ކޯޑިންގ އެކަޑަމީ އިން ހިންގި މި ޕްރޮގްރާމުގައި ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން ގޭމް ޑިވެލޮޕްކުރުން، ޕައިތަން ބޭނުންކޮށްގެން އެޕް ޑިވެލޮޕްކުރުމާއި ބްލޫޓޫތް ކޮންޓްރޯލް ރޮބޮޓް ހެދުން ފަދަ ކަންކަން ވަނީ ކުދިންނަށް ދަސްކޮށްދީފައެވެ.