English Edition
Dhivehi Edition
އިމިގްރޭޝަންގެ ލޭބަރ ސެކްޝަން - ފޮޓޯ: އިމިގްރޭޝަން

މި ހިނގާ ޖޫން 25 ން 29 އަށް ޕާސްޕޯޓާއި ވިސާގެ ޚިދުމަތް ބަންދުވާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ އެ ދުވަސްތަކުގައި މި ޚިދުމަތް ބަންދުކުރަނީ ނުވަތަ މެދުކަނޑާލަނީ ޙައްޖު އަދި އަޟްހާ އީދުގެ ބަންދާ ގުޅިގެން ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެ މުއްދަތުގައި ޚިދުމަތް ލިބޭނީ މެޑިކަލް އެމަރޖެންސީ ކޭސްތަކާއި ގުޅުންހުރި ހާލަތްތަކުގައި އެކަނި ކަމަށެވެ.

އެހެންކަމުން މިފަދަ ހާލަތެއްގައިނަމަ، “ވައިބާ” މެދުވެރިކޮށް މެޑިކަލް ރެފަރެންސާއި ޚިދުމަތަށް އެދޭފަރާތުގެ މަޢުލޫމާތު، އެ ޚިދުމަތަކާ ގުޅޭ ނަންބަރަށް ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

އެގޮތުން ދިވެހި ޕާސްޕޯޓާ ގުޅޭ ޚިދުމަތެއް ނަމަ 9555333 އަށް ގުޅުއްވުމަށާއި ވަރކް ވީޒާއާ ގުޅޭ ޚިދުމަތެއް ނަމަ 9199153 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ. އަދި އެހެނިހެން ވީޒާތަކާ ގުޅޭ ޚިދުމަތެއް ނަމަ 9199157 އަށް ގުޅުއްވުމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އެދިފައެވެ.