English Edition
Dhivehi Edition

ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ދިރާގުގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ މިއީ މުޅިން އަލަށް ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހުޅުވާލި ޕްރޮމޯޝަނެއް ކަމަށާއި މި ޕްރޮމޯޝަންގައި ހިލޭ ރައުޓަރ އަދި ހިލޭ ސެޓް-އަޕް ލިބޭނެކަމަށެވެ.

މިއީ ފައިބަރ ބްރޯޑްބޭންޑްގެ ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރައްވާ ރެސިޑެންޝަލް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ޕްރޮމޯޝަނެއް ކަމަށާއި މި ލިމިޓެޑް ޓައިމް އޮފާރގައި މި ޕްރޮމޯޝަން ކުރިއަށް ދާނީ 16 ން 22 ޖޫން 2023 ގެ ނިޔަލަށް ކަމަށް ވެސް ދިރާގުން ބުނެއެވެ.

ދިރާގުގެ މެނޭޖަރ އެކުއިޒިޝަންސް ޖަނާ އިބްރާހިމް ވިދާޅުވީ މިއީ އެއްވެސް ސެޓްއަޕް ފީއަކާ ނުލާ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަރ ނެޓްވަރކްއާ ގުޅާލުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށެވެ. އަދި ދިރާގު ފައިބަރ ބްރޯޑްބޭންޑާއެކު ކަސްޓަމަރުންނަށް ތަފާތު އެކި ޕެކޭޖްތަށް ޚިޔާރުކޮށް، އެންމެ ބޮޑު ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑް ތަޖުރިބާކޮށްލެވޭނެ ކަމަށެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވަރކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 87 އިންސައްތައަށް މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެއެވެ.

މި ޕްރޮމޯޝަނާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް https://bit.ly/42dAzP8

ޓެގު