English Edition
Dhivehi Edition
ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު މިއަދުގެ ޖަލްސާ ނިންމަލި ގޮތް ގިނަ ބައެއްގެ ލޮލުގައި ވަނީ އަޅައިގެންފައެވެ.

އަފީފު ރިޔާސަތުގައި އިންނަވަނިކޮށް އައި ފޯނު ކޯލަށް ފަހު އޭނާ ވަނީ މިއަދު ޖަލްސާ ނިމުނުކަން މެންބަރުންނަށް އަންގާފައެވެ.

މިއަދުގެ ޖަލްސާގެ ހެނދުނުގެ ދަންފަޅި ފެށުމާއެކު އިދިކޮޅު ބައެއް މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވާ މަޖިލީހުގެ ނިޒާމް ގެއްލުވާލުމުން މަޖިލީހުގެ ޖަލްސާ ވަނީ މެދުކަނޑާލާފައެވެ. ޖަލްސަގެ ދެވަނަ ދަންފަޅި ފެށުމުން ވެސް ސަރުކާރާ ދެކޮޅު މެންބަރުން ވަނީ ތަޅުމުގައި އަޑުގަދަކޮށް ރިޔާސަތުގެ ކައިރިއަށް ގޮސް އަޑުގަދަކުރައްވާފައެވެ.

މެމްބަރުން މަޖިލީހުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މިއަދުވެސް މަޖިލީހުގައި އެއްވެސް މަސައްކަތެއް ކުރިފައި ނުވާއިރު އަފީފަށް ފޯނެއް އައުމުން “އާދެ، މި ނިންމާލަނީ” މިހެން ވިދާޅުވުމަށް ފަހު، ދެން އޭނާ ވަނީ މަޖިލީސް ނިންމަވާލައްވާފައެވެ،

އަފީފަށް އައި ފޯނު ކޯލުގެ ހަގީގަތް އޭނާ އަދި ހަމަކޮށްފައި ނުވައިރު މިހާރު މަޖިލީސް ކުރިއަށް ދަނީ ރައީސް ނަޝީދު މަޖިލީސް ހިސޯރުކޮށްގެން ކުރިއަށް ގެންދަން ބޭނުންވާ ގޮތަށްކަމަށް ގިނަ މެމްބަރުން ވަނީ ތުހުމަތުކޮށްފައެވެ.