މީގެ 10 ވަރަކަށް އަހަރު ކުރިން މަޝްހޫރު ކޮރިއަގްރާފާ އަލީ ޝާހިދު (ސްޓެޕް އައްޔަ) ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުރުކުރައްވައިގެން ހުންނެވި ގަމީހުގެ ގިރުވާނުގައި ހިފުނީތީ އެކަމަށް މައާފަށް އެދި ކުރި ޓުވިޓަށް ނަޝީދު ޖަވާބުދެއްވައިފިއެވެ
އައްޔަ މައާފަށް އެދި އިއްޔެ ކުރި ޓުވިޓާއި ގުޅިގެން ނަޝީދު ވަނީ އައްޔަ އަށް މައާފް ކުރައްވާ މިއަދު ޓްވީޓެއް ކުރައްވާފަ އެވެ.އައްޔަގެ ވަހަކަތަކަށް ޖަވާބު ދެއްވާ ނަޝީދު ކުރެއްވި ޓުވިޓުގައި ވިދާޅުވީ އައްޔަގެ ބަސްތަކުން ވަރަށް އުފާވާ ކަމަށެވެ. އަދި ރުޅި ވެރިކަމާއި ޒާތީ ހަސަދައިން ލިބޭނެ ފައިދާއެއް ނެތްކަމަށް ވިދާޅުވެ ނަޝީދުވަނީ އައްޔައަށް މައާފްކޮށްފައެވެ
އައްޔަގެ ޓުވިޓާއި ގުޅިގެން ދުވަސްތަކަކަށްފަހު އިއްޔެ ސޯޝަލް މީޑިއާގައިވަނީ މި ފޮޓޯ ވަރަށް ބޮޑަށް ދައުރުވެފައެވެ. މި ފޮޓޯއަކީ ފިޔެސް ނޫހުގައި އޭރު ޑެޕިއުޓީ އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދިޔަ މުހައްމަދު އަބްދުﷲ ޝަފީގު ނަގާފައިވާ ފޮޓޯއެކެވެ