English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ޓިކެޓު ގާސިމް އިބްރާހިމް އަށް އަރުވާ، ރަސްމީ ކެމްޕެއިން ސްލޯގަން އާއި ކެމްޕެއިން ލަވަ އިފްތިތާހުކޮށްފިއެވެ.

ކާނިވާ ސަރަހައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ޓިކެޓުގެ ސިފައިގައިވާ ފަތްކޮޅު، ގާސިމް އިބްރާހިމް އަށް އެރުވީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފްއެވެ.

މި ރަސއްމިއްޔާތުގައި ގާސިމްގެ ކެމްޕެއިން ލޯންޗުކޮށް، ކެމްޕެއިންގެ ޝިއާރު ވެސް ވަނީ އިއުލާނު ކޮށްފައެވެ.

ގާސިމްގެ ކެމްޕެއިންގެ ޝިއާރަކީ “ހާސްކަނޑާލާ، ހަމަޖެހޭނެ” އެވެ. އަދި ކެމްޕެއިންގެ ރަސްމީ ލަވަ ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލުމުން، ޕްރައިމަރީގައި ވާދަކުރައްވުމަށް ކުރިމަތިލައްވާފައިވަނީ ވެސް ގާސިމް އިބްރާހިމް ގިނިކަންޏާއެވެ.

އެ ޕާޓީގެ ކައުންސިލުން މިދިޔަ މާރޗް މަހުގެ 14 ވަނަ ދުވަހު އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފާސްކޮށް، އޭޕްރިލް މަހުގެ ތިންވަނަ ދުވަހު ގާސިމް ވާދަކުރައްވާނެ ކަމަށް ވަނީ ނިންމަވައިފައެވެ.

ސެޕްޓެމްބަރ މަހުގެ 9 ގައި ބާއްވާ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި އެމްޑީޕީން މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީޕީއެމްގެ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރެވެ.

މި ބޭފުޅުންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ އުފައްދަވާ “ދަ ޑިމޮކްރެޓްސް”ގެ ފަރާތުން ވެސް ކެންޑިޑޭޓަކު ނުކުންނާނެ ކަމަށް އެ ޕާޓީން ބުންޏެވެ.