English Edition
Dhivehi Edition

މާއާފު ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ޝަރުތު ހަމަވާ ގައިދީންނަށް ހާއްސަ ފުރުޞަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ

ރައީސް އޮފީހުން މިއަދު ބުނެފައި ވަނީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޝަރުތުހަމަވާ މީހުންނަށް ފުރުޞަތެއް ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި އެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ އެކަމަށް ޓަކައި އެކުލަވާލި ކޮމިޓީއެއްގެ ބެލުމުގެ ދަށުން ގައިދީންނާއި އެމީހުންގެ ބެލެނިވެރިންނާއި ބައްދަލުކުރުމަށްފަހު ކަނޑައެޅިފައިވާ ހާއްސަ ޝަރުތުތަކަކާއިއެކުގައެވެ. ގައިދީން މުޖުތަމައު އަށް ނެރެން ހަމަޖައްސާފައިވާ މަރުހަލާތައް ކަމުގައި ރައީސް އޮފީހުން ކަޑައަޅާފައިވަނީ ގައިދީ އަކު މުޖްތަމައު އަށް ނެރޭ އިރު އެންމެ ފުރަތަމަ އެއް މަސް ދުވަސް ވަންދެން އެ ގައިދީއަކު ގޭ ބަންދުގައި ބަހެއްޓުމަށްފަހު އިތުރު ދެ މަސް ދުވަސް ވަންދެން ރަށު ބަންދުގައި އެމީހަކު ބަހައްޓާގޮތަށެވެ. އަދި ތިންވަނަ މަރުހަލާގައި އެމީހަކަށް ރައްޖެއިން ބޭރަށް ދިޔުމުގެ ފުރުޞަތު ލިބުނު ނަމަވެސް ފަސް އަހަރުވަންދެން އެފަދަ މީހުންގެ ހަރަކާތްތައް ބަލައި މޮނީޓާ ކުރަމުންދާނެއެވެ.

ތިން މަރުހަލާ ފުރިހަމަ ކޮށްގެން މިނިވަން ވުމަށް ހާއްސަ ފުރުސަތުދޭނެ ފަރާތްތައް ކަނޑައަޅާނީ މައިގަނޑު ތިން ކަމަކަށް ބަލުމަށްފަހު ކަމަށް ރައީސް އޮފީހުންވަނި ބުނެފައެވެ. އެއީ ކޮށްފައިވާ ކުށުގެ ބާވަތާއި ކުށަށް އަރައިގެންފައިވާ ގޮތާއި މިންވަރާއި ކުށްވެރިޔާގެ މިހާރުގެ ހާލަތު އަދި ޖަލުގައި އަމަލުތައް ބަހައްޓާފައިވާ ގޮތަށް ބެލުމަށްފަހުގައެވެ

ފުރުސަތު ލިބޭ ކުށްވެރިން ކަރެކްޝަނަލް ސާވިސްއާއެކު އިގުރާރެއްގައި ސޮއިކުރަން ޖެހޭއިރު އެ އިގުރާރުގައިވާ ކަންތައްތަކާ ހިލާފު ވެއްޖެ ނަމަ ކުރިން ހުރި ހާލަތަށް އިއާދަކުރެވޭނެކަމަށް ރައީސް އޮފީހުންވަނީ ބުނެފައެވެ

އިތުރު ގައިދީންތަކަކަށް މާފު ދިނުމަށް ރައީސް ނިންމެވިއިރު މި މަހުގެ ތެރޭގައި 429 ގައިދީންނަށްވަނީ މައާފުދީފައެވެ