English Edition
Dhivehi Edition

އިންޑިއާއަށް ގިނަ ބަދަލުތަކެއް އައިސްފައިވާކަމަށާއި އެހެން ނަމަވެސް އަންހެނުންނާއި ފިރިހެނުން ތަފާތުކުރުމުގެ ބައި އަދިވެސް އިންޑިއާގައި ވަރަށް ބޮޑު ކަމަށް މަޝްހޫރު ކޮމެޑިއަން ބާތީ ސިންގް ބުނެފިއެވެ

ކުރިއަށް އޮށް ޑިސެމްބަރު މަހު ކައިވެނި ކުރުމަށްޓަކައި ތައްޔާރުވަމުންދާ ބާތީ ބުނެފައިވަނީ އިންޑިއާގައި އަދިވެސް އަންހެނުންނަށް ވަރަށް ގިނަ ކަންތައްތައް ކުރުމަށް މަޖްބޫރުކުރަމުންދާކަމަށެވެ. “އަންހެންކުއްޖަކު މާ ބޮޑަށް ފަލަވެއްޖެ ނަމަ މައިންބަފައިން ވިސްނާނެ ކާކުބާއޭ އެމީހުންގެ ފަލަ ދަރިފުޅާ ކައިވެނިކުރާނީ. ކައިވެންޏަކާއި ހަމައަށް ދިއުމުގެ ކުރިން ބަރުދަން ލުއިކޮށް ރީތިހަށިގަނޑެއް ހޯދުމަށް މަސައްކަތްކުރުމަށް މަޖްބޫރުކުރާނެ. އެކަންތައްތަކުގެ ސަބަބުން ޑިޕްރެޝަން އާއި ކުރިމަތިވޭ. އެކަމަކު ފިރިހެނެއްވެއްޖެއްޔާ ކޮންމެ ގޮތަކަށް ހުއްޓަސް އެއްވެސް މަޖުބޫރީއެއް ނެތް.” ފަލަކޮށް ހުރުމުގެ ސަބަބުން ގިނަ ބައެއްގެ މަލާމަތް ރައްދުވެފައިވާ ބާތީ ބުންޏެވެ

މިހާރު ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ބާތީ ބުނެފައިވަނީ އޭނާ ދިރިއުޅުމާއި މެދު ދެކެމުން އައި ގޮށް ބަދަލުކޮށްލީ ހަރްޝްކަމުގައެވެ.މީގެއިތުރުން ބާތީ ބުނެފައިވަނީ ކުރިން އަމިއްލަ ނަފްސާއި ހަށިގަނޑަށް އެއްވެސް ސަމާލުކަމެއް ނުދިން ނަމަވެސް ހަރްޝްވަނީ އޭނާ ކަންކަމުގައި ދެކެމުން އައިގޮށް ބަދަލުކޮށްލާފަކަމުގައެވެ. “އަހަރެން ވަރަށް ކުޑައިރު ބައްޕަ މަރުވެއްޖެ. މަންމަ އުޅެމުންދިޔައީ ދިރިއުޅުމަށްޓަކައި ވަޒީފާގައި. އަހަންނަށް އެހާ ބޮޑަށް ކަންކަން އޮޅުން ފިލުވަދޭނެ މީހަކު ނެތް. އެހެން ނަމަވެސް ހަރްޝް އާއި ދިމާވި ފަހުން ހުރިހާކަމައް ބަދަލުވީ. އަހަރެން މިއަދު މިހުރި ހިސާބަށް އައީ ހަރްޝްގެ މަސައްކަތުން. އެއީ ވަރަށް ރަގަޅު އިންސާނެއް.”ހަރްޝް އާއި ބެހޭ ގޮތުން ބާތީ ވަނީ ބުނެފައެވެ.