English Edition
Dhivehi Edition
އައްބާސް އާދިލް ރިޒާ

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ރޯކޮށްލަން ގޮވާލި މައްސަލައާއި ގުޅިގެން އައްބާސް އާދިލް ރިޒާ ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ އައްބާސް ހައްޔަރުކޮށްގެން، ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ޢައްބާސް ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ ފަނާކޮށްފާނެކަމުގެ ބިރު ދެއްކުމުގެ ކުށުގެ މައްސަލައައާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މިއަދު 14:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ފުލުހުން ވަނީ އޭނާއާ ގުޅޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި ހިއްސާ ކުރުމަށް އެދިފައެވެ.

ދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އައްބާސް ބޭނުންކުރާ ޓުވިޓާ އެކައުންޓުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުޖެހުމަށް ވަނީ ގޮވާލާފައެވެ.