English Edition
Dhivehi Edition
ފޮޓޯ: ސޯޝަލް މީޑިއާ

ރޭ އައްޑޫ ސިޓީ ހިތަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށާ އެ އާއިލާގެ ހާލު ބަލަމުންދާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި ސ. ހިތަދޫ، މާކޯޅީގޭ 70 ޕަސެންޓް އަނދާފައިވާއިރު އޭގައި ދިރިނޫޅެވޭ ވަަރަށް ހަލާކުވެފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ކައުންސިލުން އިތުރަށް ބުނީ މި ހާދިސާ ހިނގި އިރު އެގޭގައި 7 މީހަކު ދިރިއުޅެމުން ދިޔަކަމަށާ އޭގެ ތެރޭގައި ހިމެނެނީ ބޮޑު ދެމީހުންނާ، ފަސް ކުޑަކުދިން ކަމަށެވެ. މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ކުޑަކުދިންނަށް ހޮސްޕިޓަލުގައި ފަރުވާދީފައި ވާއިރު އަދިވެސް ދެ ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ އެގޭގައި ރޯކޮށްފައި ހުރި އުއްބަތިއަކުން ކޮޓަރިތެރޭގައި ރޯވެގެންނެވެ.