English Edition
Dhivehi Edition
މާލޭގައި މީހަކު ގެންގުޅޭ އޮސްޓްރިޗެއް

މާލޭގެ ގެއެއްގައި އޮޅުކޮށްގެން ގެންގުޅޭ އޮސްޓްރިޗެއް ގެ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަން ފަށައިފިއެވެ.

މި މައްސަލަ ފެންމަތިވީ އޮސްޓްރިޗަކާއެކު މީހަކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުކުރުމާ ގުޅިގެންނެވެ. އެ ފޮޓޯގައި ފެންނަ ދޫނީގައި ފަސް ވަރަކަށް ފޫޓު ހުންނާނެކަމަށް ބެލެވެއެވެ. އެމީހާ ވަނީ އެ ދޫނި ގެންގުޅުމަށް ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަވެސް އާންމުކޮށްފައެވެ.

މިކަމާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރުﷲ ހުސައިން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެއީ ދޫނިފާމެއްގައި ގެންގުޅުމުގެ ހުއްދަ ދީފައިވާ ދޫންޏެއް ކަމަށާއި އެ ދޫނި ގޭގައި ގެންގުޅެން މިނިސްޓްރީން ހުއްދަ ދޫކޮށްފައި ނުވާނެ ކަމަށެވެ. އެހެންކަމުން އެމައްސަލަ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަސްރުﷲ ވިދާޅުވީ ރާއްޖޭގައި އޮސްޓްރިޗް ގެންގުޅުމަށް ހުއްދަ ދޫކޮށްފައި ވިއަސް އެ ހުއްދަ ދީފައިވާނީ ޕޯލްޓްރީ ފާމަކަށް ކަމަށެވެ. ގޭގައި އޮޅުކޮށްގެން ގެންގުޅުމަށް ހުއްދަ ދީފައިނުވާނެކަމަށް ނަސްރﷲ ވިދާޅުވިއެވެ.