English Edition
Dhivehi Edition
މާލޭގައި ހުންނަ މޭރީ ބްރައުންގެ އައުޓުލެޓް-- ފޮޓޯ: މޭރީ ބްރައުން ފޭސްބުކް

މި އަހަރުގެ ތެރޭގައި މޭރީ ބްރައުންގެ އައުޓް ލެޓެއް އައްޑޫ ސިޓީގައި ހުޅުވިގެންދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ،

މޭރީ ބްރައުން މޯލްޑިވްސްގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ސިޓީ ކައުންސިލުން ބުނީ މޭރީ ބްރައުންގެ އައްޑޫ އައުޓްލެޓް ހަދަން ނިންމާފައި ވަނީ ހިތަދޫ ލިންކް ރޯޑްގައި ކުރިން އެޕޯލޯގެ ގުދަން ހުރި ތަނުގައި ކަމަށެވެ. އަދި މި އަހަރުގެ ފަހުކޮޅު އެތަން ހުޅުވިގެންދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުންވަނީ ބުނެފައެވެ.

އައްޑޫ ސިޓީ އާއި މެދު ދެކޭ ތަސައްވަރު ހާމަކުރައްވަމުން މީގެކުރިންވެސް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އައްޓްލެޓްތައް އައްޑު އަށް ގެންނަން ބޭނުންވާ ކަމަށާ އެކަމާ ގުޅޭ މަސައްކަތްތައްވެސް ކުރެވެމުންދާ ކަމަށެވެ.

ފާސްޓް ފުޑް ރެސްޓޯރަންޓް ބްރޭންޑެއްކަމަށް ވާ މޭރީ ބްރައުން އަކީ މެލޭޝިއާގެ ރެސްޓޯރެންޓް ޗެއިނެކެވެ.