English Edition
Dhivehi Edition

ރައްޔިތުންނަށް ޖެހިފައި މިވާ ތަކުލީފަށް ލުޔެއް ހޯދާ ދިނުމުގައި އެމްއެންޕީގެ ރައީސް ބައިވެރިވެވަޑައިންނަވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ އެމްއެންޕީގެ ފަރާތުން ފޮތިކޮތަޅު ތައާރަފްކޮށް އާންމުކޮށް ބެހުން ކުރިޔަށް ގެންދިޔުމަށް މިއަދު ހަވީރު މާލެ ސިޓީގައި ބޭއްވި ޑޯޓުޑޯ އިވެންޓު ހަރަކާތެއްގައެވެ.

އެމަނިކުފަނު އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ މި ފޮތިކޮތަޅު ތައާރަފް ކުރަން ޖެހުނު ސަބަބަކީ ރައްޔިތުންނަށް ސަރުކާރުން ޖައްސާފައިމިވާ ތަކުލީފަށް ލުޔެއް ދިނުމައްޓަކާ ކަމަށެވެ.

މީގެ އިތުރުން ކުރިޔަށް އޮތްތަނުގައިވެސް ރައްޔިތުންނަށް ޖެހޭ މިފަދަ ބުރަތަކުގައި އެމަނިކުފާނު ރައްޔިތުންނާއި އެކު ރައްޔިތުންނަށް ލުއި ގޮތް ހޯދާދިނުމުގެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދު ހަވީރު މާލެ ސިޓީގައި އެމްއެންޕީގެ ފަރާތުން ބެއްވި މި ހަރާކާތައް އާންމު ރައްޔިތުންގެ ތަރުހީބު ލިބިގެން ގޮސްފައިވެއެވެ.