English Edition
Dhivehi Edition

އޭ.ބީ.ޔޫ މީޑިއާ ސަމިޓް 2023 ގެ ޕްލެޓިނަމް ޕަރޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ބްރޯޑްކާސްޓިންގ ޔޫނިއަންކަމަށްވާ އޭޝިޔާ-ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން (އޭ.ބީ.ޔޫ) އަދި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ގުޅިގެން މިހާރު ކުރިއަށް ރާވާ އިންތިޒާމްކޮށްގެން ބާއްވާ މި ސަމިޓް ކުރިއަށްދާނީ 9 ން 10 މެއި 2023 ގެ ނިޔަލަށް ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

މި އަހަރުގެ އޭ.ބީ.ޔޫ ސަމިޓްގެ ޝިއާރަކީ “ފްރޮމް އެޓޯލްސް ޓު އާލްޕްސް އެންޑް އެރިޑް ލޭންޑްސް: ކޮމިއުނިކޭޝަން ދަ ކްލައިމެޓް ޗޭންޖް ޗެލެންޖް” އެވެ. މިގޮތުން ސަމިޓްގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާނީ މޫސުމަށް އަންނަ ބަދަލުތަކާއި އެކި ކާރިސާތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގައި މީޑިއާގެ ދައުރަށެވެ.

މީގެ އިތުރުން ކްލައިމެޓް ސައިންސްގެ އެންމެ ފަހުގެ ހޯދުންތަކާއި ބްރޯޑްކާސްޓަރުންނަށް މި މައުލޫމާތު ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި އެމައުލޫމާތާއި ވަށައިގެންވާ ތަފާތު މައްސަލަތަކާއި ބެހޭ ގޮތުންވެސް މި ސަމިޓްގައި ވާހަކަދެކެވޭނެއެވެ.

ދިރާގުން މަސައްކަތަކުރަމުން ދަނީ ތިމާވެށީ ހިމާޔަތްކުރުމަށް އިސްކަންދީގެން ބާއްވާ މަސައްކަތްތަކަށާއި އެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި މިއީ އެކުންފުޏީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒުވެސްމެއެވެ.

ޓެގު