English Edition
Dhivehi Edition

ސިހުރުވެރިންނަކީ ދުނިޔެމަތީގައި ތިބި އެންމެ ނުބައި ނުލަފާ މުނާފިގުންނެވެ. އެބައިމީހުންގެ އަތްދަށުވެ ކުށެއްނެތް އެތައް މައުސޫމް ބަޔަކު އަންނަނީ ހަލާކުވެ ވީރާނާވަމުންނެވެ. ސިހުރުވެރިންގެ ހުރި ނުބައިކަމާއެވެ.

ސިހުރުވެރިންނޭވެ. ދުނިޔެމަތީ ތިހެން އުޅެލާށެވެ. މިއަދު ތިހެން އުޅެވިދާނެއެވެ. ކަލޭމެންނަށް ކަލޭމެންގެ ތި ނުބައި އަމަލުތައް އިތުރުކުރެއްވުމަށް މިއަދު ﷲ އަޢާލާ ތިދެއްވަނީ މުހުލަތެވެ. ހިއްޕަވާނީ ކުއްލިއަކަށެވެ. މިކަމަށް ބިރުވެތިވެ ﷲ އަށް ތަޤުވާވެރިވާށެވެ.

މީހުންނަށް އަނިޔާވެރި ނުވެ ތިކުރަމުން އަންނަ ނުބައި އަމަލުތައް ދޫކޮށްލާށެވެ. ސިހުރުވެރިންނަކީ ކަނޑައެޅިގެން ހުރި މުނާފިޤުންނެވެ. އަދި ޤިޔާމަތް ދުވަހު އެފަދަ މީހުން އޮންނަން ޖެހޭނީ ނަރަކައިގެ އެންމެ އަޑީގައެވެ.

މިފަދަ ނުބައި ސިހުރުވެރިން ވެސް، ވަރަށް ނަލަހެދިލައިގެން ދާނެ ފަރުޟު ފަސް ނަމާދަށް މިސްކިތައް. އެފަދަ މީހުން މިސްކިތައް އެދަނީ ލުވޫނުކޮށް ޖުނުބުވެރިހާލުގައި ނޫންކަމެއް ވެސް ނޭންގޭނެ.، އަދި މިސްކިތައް ގޮސް ﷲ އަކްބަރު ކިޔާ ހަށަންބަދެފަ ދެން ހަދާ ނަހަދާއެއް ވެސް ނޭންގޭނެ.. މިސްކިތައް ގޮސް ސަޖިދަ ޖަހާފާނެ ޝައިތާނާއަށްވެސް.. އެ މީހުން ކުރާކަންތައް އެންމެ މޮޅަށްދެނެވޮޑިގެންވަނީ ހަމަ ﷲ އަޢާލާ .

ދެއްކުންތެރިކަމާއި ކުފުރުގެ މަތީގައި ﷲ އަށް ހަރާމްކޯރުވެ ސަޖިދަ މި ކުރަނީ ޝައިތާނާއަށް.
އެހެންވެގެން މި ދަންނަވަނީ މުނާފިޤުންވަނީ ނަރަކައިގެ އެންމެ އަަޑީގައޭ.

ސިހުރުވެރިން އަނިޔާވެރިވަނީ ފާޅުގަ.. ދެމަފިރިން ދުރުކުރަނީ.. މީހުންނަށް ސިހުރުގެ ސަބަބުން ކެންސަރުފަދަ ބޮޑެތި ބަލިތައް ޖެހި ހޮސްޕިޓަލް ތަކުގައި އެޑްމިޓްކޮށް އައިސީޔޫއަށް ލަނީ ތިބާގެ ކުރިމަތީގައި.. އަޅެ ހަމަ އެއްވެސް އެއްޗެއް މި ނުބައި ސިހުރުވެރިންގެ ހިތައް ނާރަނީތޯ.؟

އޭ ނުބައިވެގެންވާ ސިހުރުވެރިންނޭވެ. އިސްލާމީ ޝަރީއަތުގައި އޮންނަ ޤާނޫނަށް މި ގައުމުގައި އަމަލު ނުކުރިނަމަވެސް ތިބާމެން ބޭނުންހާ ގޮތެއް މީހުންނަށް ހެދޭނެކަމުގައި ހީނުކުރާށެވެ. ހައްގަކާއި ނުލައި މީހުންނަށް އަނިޔާވެރިވާ މީހުންނަށް މިދުނިޔޭގައިވެސް ﷲ އަޢާލާ މީގެ ބަދަލު ދައްކަވާނެއެވެ. އަދި އެތަން ދެކެފަނޫނީ އޭނާ ދުނިޔެއިން ނުކުމެގެން ނުދާނެއެވެ.

އެހެންވީމަ ހަމަ މިހާރުން މިހާރަށް ތިކުރާ ނުބައި އަމަލުތައް، މީހުންނަށް އެއްވެސް ކުށަކާއި ނުލާ ތި ދޭ އަނިޔާތައް ހުއްޓާލާށެވެ. ތިބާއަށް މީސްތަކުންނަށް އޮޅުވާލެވިދާނެއެވެ. ނަމަވެސް ތިބާކުރާ ތި މުޑުދާރު އަނިޔާވެރި އަމަލުތައް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ބައްލަވާވޮޑިގެންވެއެވެ.

ވަގަށް ގޭގެއަށް ކިޔަވާފައި ފެންއެޅިއަސް، ރޮނގުއަޅައިގެން ފުމުނަސް، ރޭގަނޑު ބަރަހަނާކޮށް ސަހަރާއަށް ވަނަސް، އަލިފާން އަންދައިގެން ކިޔެވިއަސް، ކާއެއްޗިއްސަށް ކިޔަވާފަ މީހުންނަށް ކާންދިނަސް، ބޯންދިނަސް މިއިން އެއްވެސް ކަމެއް ﷲ އަޢާލާއަށް ސިއްރު ނުކުރެވޭނެކަން ހަނދާން ކުރާށެވެ.

އަދި މި ހުރިހާ ކަމެއް އެންމެ ތަފްސީލުކޮށް ތިބާގެ ފަތުގައި ލިޔެވޭނެކަން ހަނދާންކުރާށެވެ. އަދި ޤިޔާމަތް ދުވަހު އެއްވެސް ތަރުޖަމާނެއް ނެތި ﷲ އަޢާލާގެ ހަޒުރަތުގައި ޖަވާބުދާރީވާން ޖެހޭނެކަން ވެސް ހަނދާން ކުރާށެވެ.

އެހެން ކަމުން އެންމެހާ ނުބައި ނުލަފާ ސިހުރުވެރިން މިއަދުން މިއަދަށް ﷲ އާޢާލާއަށް ތަޤުވާވެރިވެ، މީހުންނަށް އެއްވެސް ހައްގަކާނުލާ ތިދޭ އަނިޔާތައް ހުއްޓާލާށެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން

2 ކޮމެންޓް
ގޗޱ
މެއި 14, 2023
ހައްދަވާގެން ގުޅުއްވާއިލާހު ސިހުވެރިން ހަލާކުކޮށް ނެތިކުރައްވާދޭވެ އާމީން
މަކާއޯ
މެއި 11, 2023
އެނުބައިވެގެންވާ ގިނަސިހުރުވެރިން ކޯޓްތަކުގެ ބޭނުންވެސް އިންތިހާޔަށް ހިފާ އޮޅުވާލައި އެކަމުން ދެމިގަނޭ