English Edition
Dhivehi Edition

މާތް ﷲ އިންސާނުން ދުނިޔެއަށް ފޮނުވައްވަވާފައިވަނީ ވަރަށްވެސް މާތް މަޤުސަދެއްގައެވެ. އިންސާނުން ދުނިޔެއަށް ފޮނުއްވަވާފައިވަނީ މާތް ﷲ އަށް އަޅުކަންކޮށް އެކަލާންގެ އެންގެވި ގޮތަށް ދުނިޔޭގެ ދުވަސްތައް ވޭތިކުރުމަށެވެ.

ނަމަވެސް އަހަރެމެން އިންސާނުންގެ ވިސްނުމާއި ފިކުރުު މުޅިން ހުސްވެގެން ގޮސްފައިވަނީ ދުނިޔެވީ، މާއްދީ އެކިކަންކަމުގައެވެ. ދުނިޔެ އާރާސްތުކޮށް މުއްސަނދިކަން ހޯދުމާއި ދުނިޔޭގެ އަރާމު ދިރިއުޅުން ހޯދުމަށް ރެއާއި ދުވާލު ހޭދަކުރުމުގައެވެ. މާތް ﷲ ތިބާ ހެއްދެވި ބޭނުމާއި މަޤުސަދު މަތިން ހަނދާން ނައްތާލާ ދުނިޔެވީ މަންފާއާއި އަރާމު ހޯދުމުގައެވެ.

އެކުވެރިންނޭވެ. މި ދުނިއެއަކީ އިމްތިހާނުގެ ގޮވައްޗެކެވެ. އިންސާނާ ދުނިޔޭގައި އޭނާގެ ދުވަސްތައް ވޭތިކުރަމުން ގެންދާއިރު، ވަރަށް ގިނަ ގޮތްގޮތުން މާތް ﷲ އިންސާނާ އިމްތިޙާން ކުރައްވަވައެވެ. ތަފާތު އެކި ގޮތްގޮތުން ކަންކަން ކުރިމަތިކުރައްވަވައިގެންނެވެ. މުދަލުން ނާއި ފައިސާއިން ނާއި އަނބިދަރިންގެ އިތުރު އަމިއްލަ ނަފުސާއި އެ ނަފުސުގައިލައްވާފައި އެކި ޣަރީޒާތަކުން އިންސާނާ އިމްތިހާން ކުރެއްވެއެވެ.

މި އިމްތިހާން ތަކަކީ އިންސާނާއަކީ ރަނގަޅު ނުވަތަނަ ގޯސް މީހެއްތޯ ބެލުމަށް ކުރިމަތިކުރެވޭ އިމްތިހާނުތަކެކެވެ. މި އިމްތިހާން ތަކުން ރަނގަޅަށް ފާސްވެއްޖެ މީހަކަށް މެނުވީ އުޚުރަވީ ހަޔާތުގައިވެސް އަދި މި ދުނިޔޭގެ ހަޔާތުގައިވެސް ބާއްޖަވެރިކަމެއް ނުވެެއެވެ.

ވީމާ މިއީ އަހަރެމެން ވަރަށް ބޮޑަށް ވިސްނާ ފިކުރުކުރަން ޖެހޭ ކަމެކެވެ. އުޙުރަވީ ޙަޔާތް ބާއްޖަވެރިވެގެން ނޫނީ އަހަރެންނަށް ސަލާމަތާއި ރައަކާތެރިކަމެއް ނުވެއެވެ. ދުނިޔޭގެ ދިރިއުޅުމަށް ވުރެ ބޮޑަށް އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމަށް މަސައްކަތް ކުރާށެވެ. ހެޔޮ އަމަލުތައް ކުރުމުގައެވެ. ފަލާޙާއި ކާމިޔާބު ލިބޭނީ އޭރުންނެވެ.

އިސްލަަމީ ތިލަފަތުގެ ދަރުސަކުން