English Edition
Dhivehi Edition
ބޭންކް އޮފް މޯލްޑިވްސް ހެޑްކުއަާރޓާރޒް/ފޮޓޯ: ބީއެމްއެލް

ބީއެމްއެލް މޯބައިލް ބޭންކިން ލޮގިންއަށް ޓޫފެކްޓަރ އޮތެންޓިކޭޝަން މިއަދު ތައާރަފް ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މި ފެށޭ ހަފްތާ ތެރޭގައި މި ހިދުމަތް އިންޓަރނެޓް ބޭންކިންއަށް ވެސް ލިބިގެންދާނެ ކަމަށެވެ. އަދި އަދި މި އަޕްޓޭޑް އާއެކު، ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރުމަށްޓަކައި އިތުރު ސެކިއުރިޓީ ލެޔާއެއް އިތުރު ކުރެވިގެން ދާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން މި ގެނައި ބަދަލާއެކު އެޕް އަޕްޓޭޑް ކުރުމާއެކު، ކަސްޓަމަރުންނަށް މޯބައިލް ބޭންކިން އެޕަށް ލޮގިންވުމަށްފަހު، ދެވަނަ ސްޓެޕެއްގެ ގޮތުގައި އޯޓީޕީ (ވަން ޓައިމް ޕާސްވޯޑް) ޖަހަން ޖެހޭނެއެވެ. ދި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރު ނުވަތަ އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށްވެސް އޯޓީޕީ ޖެނެރޭޓް ކުރެވޭނެއެވެ.

ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބީއެމްއެލް އިން ގިނަ މަސައްކަތަކެއް ކުރަމުން އަންނައިރު ސްކޭމްތައް ހުއްޓުވުމަށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތު އެހެން ފަރާތަކާއި ހިއްސާ ނުކުރުމަށް ބީއެމްއެލް އިން ވަނީ އެދިފައެވެ.