English Edition
Dhivehi Edition

ދާދި ފަހުން ޗެލްސީގެ މޯޗުކަމާއި ހަވާކުވި ވަގުތީ ކޯޗު، ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެދަށުން ޗެލްސީ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ލަމްޕާޑުގެ ކޯޗުކަމުގައި ޗެލްސީ ކުޅުނު ފުރަތަ ހަ މެޗުން ވަނީ ބަލިވެފައެވެ.

ހަތްވަނަ މެޗުން ޗެލްސީ މޮޅެއް ހޯދިއިރު، އެޓީމުން މޮޅެއް މި ހޯދީ މިރޭ 3-1 ން ބޯންމައުތު ބަލިކޮށްގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ޗެލްސީއަށް ކުރިހޯދައިދިނީ ނުވަވަނަ މިނިޓްގައި ގަލަގާ ޖެހި ލަނޑުންނެވެ. ނަމަވެސް މެޗުގެ 21 ވަނަ މިނިޓްގައި މަތިއަސް ވިނިއާ ވަނީ ލަނޑެއް ޖަހައި ބޯންމައުތަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

ޗެލްސީއަށް އެޓީމުގެ ދެވަނަ ލަނޑު ޖަހައިި ދެވަނަ ފަހަރަށް ކުރިހޯދައިދިނީ ބެނިއޯ ބަޑިއެޝީލޭއެވެ. ޗެލްސީއަށް ލީޑް ފުޅާކޮށްދިން ލަނޑު ޖަހައިދިނީ މެޗުގެ 86 ވަނަ މިނެޓުގައި ޔާއޯ ފެލިކްސްއެވެ.

މިރޭގެ މޮޅާއި އެކު ޗެލްސީ ވަނީ 42 ޕޮއިންޓާއެކު 11 ވަނައަށް ޖެހިލާފައެވެ.