English Edition
Dhivehi Edition

މިލިޓަރީ އެއާޕޯޓެއްގެ ގޮތުގައި ކައްދޫ އެއާޕޯޓް ހިންގާ ކުންފުނި، ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޒަކަރިއްޔާ މަންސޫރު އައްޔަންކޮށްފި އެވެ.

ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ޒަކަރިއްޔާ މަންސޫރު އައްޔަންކޮށްފައިވާ ކަން ހާމަކުރީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނި ގޮތުގައި އޭނާއަކީ އެ ކުންފުނި އުފެއްދުމާ އެކު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ޒަކަރިއްޔާ މަންސޫރު ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 39 އަހަރު ހިދުމަތްކުރެއްވުމަށް ފަހުގަ އެވެ. އޭނާ ވަނީ ގައުމީ ދިފާއީ ބާރުގެ ލީޑަޝިޕްގެ ގިނަ މަގާމުތަކެއް އަދާކުރައްވައިފަ އެވެ. އޭނާ މިހާރު ހުންނެވީ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލް ގެ މަގާމުގަ އެވެ.

އޭނާއަކީ މާސްޓާ އޮފް އާޓްސް އިން ސްޓެރެޓީޖިކް ސެކިއުރިޓީ ސްޓަޑީޒް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.