English Edition
Dhivehi Edition

މިހާރު ކުރިޔަށް ދާ ފުޓްބޯޅަ ސީޒަން ނިމުމުން ޕީއެސްޖީން ލިއޮނެލް މެސީގެ އެއްބަސްވުން އާ ނުކުރާނެ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

މެސީ ޕީއެސްޖީއާއި އެކު މިހާރު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އިތުރު އެއްބަސްވުމެއް ދެން މެސީއާއި އެކު ޕީއެސްޖީން ނުހަދާނެއެވެ.

ކްލަބުގެ އިސް އޮފިޝަލަކާއި ހަވާލާދީ ގޯލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މެސީ ދޫކޮށްލުމަށް ޕީއެސްޖީން އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.

މީގެ ކުރިން ޕީއެސްޖީން މެސީގެ އެއްބަސްވުން އިތުރު އެއް އަހަރަށް އާކުރަން މަޝްރާކުރި ނަމަވެސް ކުލަބުގެ ހުއްދައާއި ނުލައި ސައޫދީ އަރަބިއާއަށް ދަތުރުކުރި މައްސަލާގައި މިހާރު އެ ދެފަރާތުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެހެން ކަމުން މިހާރުގެ ހާލަތަށް ބަލާއިރު، މި ސީޒަނަށް ފަހު ޕީއެސްޖީން މެސީ ކުލަބުގައި ނުބަހައްޓާނެއެވެ.

ސައުދީއަށް ދިޔަ މައްސަލައާއި ގުޅިގެން ޕީއެސްޖީން މިހާރު ދެ ހަފްތާއަށް މެސީ ސަސްޕެންޑް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، މެސީއަށް ލީގުގެ ދެ މެޗު ގެއްލޭނެއެވެ. އަދި މި ސީޒަނުގައި ޕީއެސްޖީގެ ޖާޒީގައި މެސީއަށް ދެން ކުޅެވޭނީ އެންމެ ތިން މެޗެވެ. އެއީ ޕީއެސްޖީގެ ޖާޒީގައި މެސީ ކުޅޭނެ އެންމެ ފަހު ތިން މެޗަށް ވުން ވެސް ގާތްކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން މިވަގުތަކީ މެސީގެނައުމަށް ބާސާއަށް އެންމެ އެކަށޭނަ ވަގުތެވެ. ބާސާއިން މެސީ ހޯދުމަށް ބަސައްކަތް ކުރަމުން އަންނައިރު، މިއީ އެކުލަބަށް މެސީ ގެނައުމަށް ލިބިގެންދާ ބޮޑު ކުރިއެރުމަކަށް ވާނެއެވެ.

ބާސާއިން މެދު ނުކެނޑި މެސީ ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، އިންޓަ މިއާމީ އާއި ސައުދީގެ އަލް ހިލާލް އަކީވެސް މެސީގެ ސޮއިހޯދުމަށް މަސައްކަތް ކުރާ ދެ ކުލަބެވެ.