English Edition
Dhivehi Edition

ޒަމާނަށް އައި ތަހުޒީބު ބަދަލުތަކާއި އެކު މިއުޒިކު އަޑުއަހާ މީހުންނާއި މިއުޒިކް ކުޅޭ މީހުން މި މުޖުތަމަޢުގައި މިވަނީ އާދަޔާއި ޚިލާފަށް އިތުރުވެފައެވެ. އެގޮތުން ގިނަ މީހުން ހިތްހަމަ ޖައްސާލަން ކޮށް އުޅޭ ކަމެއް ކަމުގައި ކޮންމެވެސް ޒާތެއްގެ މިޔުޒިކެއް އަޑު އަހާލުން ހިމެނެއެވެ.

ޚާއްސަކޮށް ރޭ ގަނޑު ނިދާ ގަޑީގައި މިއުޒިކް އަޑުއަހަމުން ނިދާ މީހުންވެސް ވަކި މަދެއް ނޫންނެވެ. އެފަދަ މީހުން ދެކޭ ގޮތުގައި ނިދާ ގަޑީގައި ކޮންމެވެސް ކަހަލަ މިއުޒިކެއް އަޑު އަހާލުމަކީ ނިދަން ފަސޭހަވެ ހިތަށް ހިތްހަމަ ޖެހުން ގެނުވާ ކަމެކެވެ.

އެކުވެރިންނޭވެ. ނިދަން އޮންނަ ވަގުތަކީ ދުވާލުގެ އެހެން ވަގުތުތަކާއި މުޅިން ފަތާތު ވަގުތެކެވެ. ރޭގަނޑު ނިދާ ވަގުތަކީ އަޅުގަނޑުމެންނަށް ހިތަށް ގެންނަން ވެސް އުނދަގޫ އާދަޔާއި ޚިލާފު ވަގުތެކެވެ.

މާތް ﷲ ތަޢާލާގެ ވަޙީ ބަސްފުޅުން އެނގޭ ގޮތުގައި ކަނޑަ އެޅިފައިވާ އަޖަލު ހަމަވުމުން އިންސާނާގެ ފުރާނަ އެކަލާންގެ ހިއްޕަވައެވެ. އަދި މަރުނުވާ ފުރާތައް ނިދާ ގަޑީގައިވެސް ހިއްޕަވައެވެ.

ނިދާ ގަޑީގައި ހިއްޕަވާ ފުރާނަތަކުގެ ތެރެއިން މަރުވުމަށް ލިޔުއްވާފައިވާ ފުރާނަތައް އެ ކަލާނގެ ހިއްޕަވައެވެ. އަދި މަރުވުމަށް ލިޔުއްވާގައި ނުވާ ފުރާނަތައް ކަނޑައެޅިފައިވާ ވަގުތުތަކަށް އެކަލާންގެ އިިރާދަކުރައްވާ ވަގުތެއް އަންނަންދެން ދޫކޮށްލައްވައެވެ.

އާދެ މީގެން އަހަރެމެންނަށް އެނގިގެން ދަނީ ނިދުމަކީ މަރުވުމުގެ ވައްތަރެއްކަމެވެ. އަދި ނިދާވަގުތަކީ ފުރާނަ ހަށިގަނޑާއި ވަކިވެގެންދާ ވަގުތެއްކަމެވެ.

އަދި މިކަމުން އެނގިގެން ދަނީ ނިދާ ވަގުތު ފުރާނަ ހަށިގަނޑާއި ވަކިވުމަށް ފަހު އަނބުރާ އެ ފުރާނަ ހަށިގަނޑަށް ނައިސްވެސް ދާނެކަމެވެ.
އެހެން ކަމުން މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނާ ފިކުރު ކުރަން ޖެހޭކަމެކެވެ.

ނިދާ ގަޑީގައި މިއުޒިކު އަޑު އެހުމުގެ ބަދަލު ޤުރުއާނުން މިންވަރެއް އަޑު އަހާލުމަކީ އެންމެ ފައިދާހުރި ރަނަގޅު ގޮތެވެ.

ނޯޓް: މި ލިޔުމަށް މައުލޫމާތު ނެގިިފައިވަނީ ޝައިޚް މުޙައްމަދު ޢާލިބް ގެ “މިއުޒިކް ޖަހައިގެން އޮވެ ނިދުން” މި ދަރުހުން