English Edition
Dhivehi Edition

ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޮނާލްޑޯގެ އަލް ނަޞްރު އަދި އަލް ރައީދް މިރޭ ބައްދަލުކުރާނެއެވެ.

ލީގުގެ 11 ވަނާގައި އޮތް އަލް ރައީދް އާއި ދެކޮޅަށް އަލް ނަޞްރު މިރޭ ނުކުންނައިރު، ލީގުގައި ދެން އޮތް ހުރިހާ މެޗަކީ ވެސް އަލް ނަޞްރަށް މުހިންމުކަން ބޮޑު މެޗަކަށް ވާނެއެވެ.

ލީގުގެ އެއްވަނާގައި އޮތް އަލް އިއްތިހާދަށް ވުރެ ހަ ޕޮއިންޓު ފަހަތުން ދެވަނާގައި އޮތް އަލް ނަޞްރަށް މިރޭގެ މެޗުން މޮޅު ނުވެވިއްޖެ ނަމަ ތާވަލްގެ ތިންވަނައަށް ސޮއްސާލުމަކީ ގާތް ކަމެކެވެ. އަލް ނަޞްރުގެ ފަހަތުގައި ވިއްދާފައި އޮތް އަލް ޝަބާބް ތިންވަނާގައި އޮތީ އަލް ނަޞްރާއި ތިން ޕޮއިންޓުގެ ފަރަގަކުންނެވެ. އެހެން ކަމުން ދެވަނާގައިވެސް ހިފަހައްޓާލުމަށް މިރޭގެ މެޗުން މޮޅެއް ހޯދުމަކީ އަލް ނަޞްރަށް ވަރަށް މުހިންމު ކަމެކެވެ.

އަލް ނަޞްރު އަލް ރައީދް އާއި ދެކޮޅަށް މިރޭ ނުކުންނައިރު، މި ދެޓީމު މީގެ ކުރިން ބައްދަލުކުރި ބައްދަލުވުންތަކަށް ބަލާއިރު، އަލް ރައީދް އަށް އަލް ނަޞްރުގެ މައްޗަށް ކުރި ހޯދިފައެއް ނުވެއެވެ.

މި ދެޓީމު މީގެ ކުރިން ފަސް ފަހަރު ބައްދަލުކޮށްފައިވާއިރު، އޭގެ ތެރެއިން ހަތަރު ފަހަރު އަލް ނަޞްރުން ވަނީ ކާމިޔާބު ހޯދާފައެވެ.
އެއް މެޗު ވަނީ އެއްވަރުވެފައެވެ.

އެންމެ ފަހުން މި ދެޓީމު ބައްދަލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގައެވެ. އެ މެޗު 1-4 އިން ކާމިޔާބު ކޮށްފައިވަނީ އަލަ ނަޞްރުންނެވެ.

މި ދެޓީމު ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭ ގަޑިން 11:30 ގައެވެ.