English Edition
Dhivehi Edition

ލިބުނު އަނިޔާގެ ސަބަބުން ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގައި މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް ރެއާލް މެޑްރިޑްގެ މިޑްފީލްޑަރ ލުކަ މޮޑްރިޗަށް ނުކުޅެވޭނެ ކަން ކަށަވަރު ވެއްޖެއެވެ.

ރެއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނީ ސްޕެނިޝް ލީގުގައި އެންމެ ފަހުން ޖިރޯނާއާއި ދެކޮޅަށް ކުޅެ ރެއާލް ބަލިވި މެޗުގައި މޮޑްރިޗުގެ ވާތު ފައިގެ ފަލަމަސް ގަނޑަށް އަނިޔާވެފައިވާ ކަމަށާއި މި އަނިޔާއާއި ގުޅިގެން އަންނަ މަހު ސިޓީއާއި ދެކޮޅަށް ރެއާލް ކުޅޭ ޗެންޕިއަންސް ލީގުގެ ސެމީގެ ފުރަތަމަ ލެގުގެ މެޗުގައި މޮޑްރިޗަށް ނުކުޅެވޭނޭ ކަމަށެވެ.

އަދި މޮޑްރިޗަށް ލިބުނު އަނިޔާއާއި ގުޅިގެން ހެދި މެޑިކަލް ޓެސްޓުތަކުގެ ނަތީޖާ ދެއްކި ގޮތުން މަދުވެގެން ހަފަތާއެއް ހާ ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެއެވެ.

މޮޑްރިޗްގެ އަނިޔާއާއި ގުޅިގެން ރެއާލް ގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނީ މޮޑްރިޗަށް ލިބުނީ ކުޑަ އަނިޔާއެއް ނޫން ކަމަށާއި އޭނާއަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ވަކި ދުވަހެއް ބުނަން ނޭންގޭކަމަށެވެ. އަދި މޮޑްރިޗް އަނީގައި ހުންނަން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެންޗެލޮޓީ ވަނީ ބުނެފައެވެ.

ރެއާލް އަދި ސިޓީ ބައްދަލުކުރާ ސެމީފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ކުޅޭނީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހު ރެއާލްގެ ދަނޑުގައެވެ.