English Edition
Dhivehi Edition

މެސީ ބާސެލޯނާއަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް މީޑިއާގައި ގަދަވެފައިވީ ނަމަވެސް އަދި ބާސެލޯނާއިން މެސީއާއި އެކު އެއްވެސް ވަރަކަށް އެއްވެސް މަޝްވަރާއެއް މިހާތަނަށް ކޮށްފައި ނުވާނޭކަމަށް ބާސެލޯނާގެ ޑިރެކްޓަރ މަޓޫ އަލެމަނީ ބުނެފިއެވެ.

އަލެމަނީ ބުނީ މެސީ ބާސާއަށް ގެނައުމަށް ކުލަބުން އަދި އެއްވެސް ވަރަކަށް ވާހަކަ ދައަކާފައި ނުވާނެ ކަމަށާއި މީޑިއާގަައި ފެތުރެމުން ދަނީ ތެދު ވާހަކަތަކެއް ނޫންކަމަށެވެ.

އޭނާ ބުނީ މެސީ ބާސާއަށް ގެނައުމަކީ ކުލަބުން ބޭނުންވާ ކަމެއް ކަމަށާއި ނަމަވެސް ރަސްމީކޮށް އަދި މެސީ ގެނައުމާއި މެދު ގޮތެއް ނުނިންމާކަމަށެވެ.

އަލެމަނީ މިހެން ބުނެފައިވާއިރު، މެސީ ދާދި ފަހުން އާއިލާއާއި އެކު ބާސާއަށް ދިޔަކަމުގެ ޚަބަރު މީޑިއާގައި ވަނީ ފެތުރުފައެވެ. އަދި ބާސާގެ ބައެއް އިސްފަރާތްތަކާއި އެކު ކެއުމަކަށް ވެސް ދިޔަ ކަމަށް ސްޕެއިންގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ނަމަވެސް ބާސާއަށް ބަދަލުވުމާއި ގުޅޭގޮތުން އެއްވެސް މަޝަރާއެއް ކޮށްފައި ނުވާކަމަށް ރިޕޯޓުތަކުގައި ވެއެވެ.