English Edition
Dhivehi Edition

ކުރާ އަމަލުތަކުގައި އިޚުލާޞްތެރި ކަމެއް ނެތި ފަޚްރުވެރިވުމަށާއި މަޝްހޫރުވުމަށް ލޯބި ކުރެވުނު ވަރަކަށް އިޚްލާސްތެރިކަން ދާނީ ފަނޑުވަމުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

އަމަލުތަކުގައި އިޚުލާސްތެރިވުމާއި ގުޅޭ ގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ އިސްލާމް ދީނުގައި އަމަލުތައް ޤަބޫލުކުރައްވަނީ މާތް ﷲގެ ހަސްރަތުން ދަރުމައަށް އެދި އެއްވެސް ކަންދެއްކުމެއް ނެތި އިހްލާސްތެރިކަމާއެކު އެކަމެއް ކޮށްގެން ކަމަށެވެ.

އަދި ހިތްނިޔަތް ރަނގަޅުކޮށް، ކުރާ ކަންތައްތައް މާތް ﷲ އަށް ޚާލިސްކުރުމަކީ ދުންޔަވީ އަމަލުތަކުގެ ދަރަޖައިން އަޅުކަމުގެ ދަރަޖައަށް އެކަންތައްތައް ބަދަލުވެގެންދާނެ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

އަދި ހަމަ އެފަދައިން ކުރާ ޢަމަލުތަކުގައި ހިތް ނިޔަތް ނުބައިވުމުގެ ސަބަބުން ކުރާ ހެޔޮ އަމަލުތަކުގެ ފައިދާއެއްނެތް ދުންޔަވީ ކަމަކަށް ބަދަލުވެގެންދާ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އަމިއްލަ އެދުންތައް ބޮޑުވެ ތައުރީފުކުރުމަށް ލޯބި ކުރެވުނު ވަރަކަށް އިޚްލާސްތެރިކަަމުގެ ބައްތި ކަނިވަމުންދާނެ ކަމަށާއި، ފަޚްރުވެރިވުމަށާއި، މަޝްހޫރުވުމަށް ލޯބި ކުރެވުނު ވަރަކަށް އިޚްލާސްތެރިކަން ފަނޑުވަމުންދާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

އަދި މީގެ ސިތުރުން އިސްލާމްދީން ދެކޭގޮތުގައި ކަންދެއްކުމަކީ ޝިރުކުގެ ބާވަތެއް ކަމަށާއި ކުރާ އަމަލާއި މަސައްކަތުގައި އިޚްލާސްތެރިކަމެއް ނެތި ބޭރުފުށުން އެއީ ރަނގަޅު އަމަލުތަކެއް ކަމުގައި ފެނުނަސް އެވާނީ ފާސިދު އަމަލުތަކެއްކަމަށް ޚުތުބަގައި ބުންޏެވެ.

އިޚްލާސްތެރިކަމުގެ ނޫރަކީ އޭގެ އަލިކަމުން ނަފްސަށް އުޖާލާކަން ލިބޭ ނޫރެއް ކަމަށާއި އިންސާނާ އޭނާގެ އަމިއްލަ އެދުންތަކާ ދުރުހެލިވާނަމަ މާތް ﷲގެ ހަސްރަތަށް ރުޖޫއަވެ، އެކަލާނގެ އަޒާބަށް ބިރުގަތުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.