English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗުން ވެސް ޗެލްސީ ބަލިވެއްޖެއެވެ.

ރޭގެ މެޗަކީ ޗެލްސީގެ ކޯޗުކަމާއި ހަވާލުވެ ހުރި އެޓީމުގެ ކުރީގެ ތަރި ފްރޭންކް ޕަމްޕާޑް ގެ އިރުޝާދުގެ ދަށުން ކުޅުނު ފަސްވަނަ މެޗެވެ. އަދި ވިދިވިިދިގެން ބަލިވި ފަސްވަނަ މެޗުވެސް މެއެވެ.

ރޭގެ މެޗުން ބްރެންޓްފޯޑް އަތުން ޗެލްސީ ބަލިވީ 2-0 ނެވެ.

ފޯރިގަދަ ކުޅުނެއް ފެނިގެން ދިޔަ މި މެޗުގައި ބްރެންޓްފޯޑުން އެޓީމުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ގެނީ މެޗުގެ 37 ވަނަ މިނެޓުގައި ޗެލްސީގެ އަޒުޕިލްކުއެޓާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

ދެވަނަ ހާފްގައި ބްރެންޓްފޯޑުން ލީޑް ފުޅާކުރީ މެޗުގެ 78 ވަނަ މިނެޓުގައި އެމްބެއުމޯ ޖެހި ލަނޑުންނެވެ. މިމޮޅާއެކު ބްރެންޓްފޯޑުން ވަނީ ލީގުގެ ގަދަ ދިހަ ޓީމްގެ ތެރޭގައި ހިމެނިފައެވެ. އެޓީމު މިވަގުތު އޮތީ 49 ޕޮއިންޓާއެކު އަށް ވަނާގައެވެ. ޗެލްސީ އޮތީ 39 ޕޮއިންޓާއެކު 11 ވަނާގައެވެ.