English Edition
Dhivehi Edition

އިޓާލިއަން ކަޕްގެ ސެމީ ފަައިނަލުގައި ރޭ ކުޅުނު މެޗުގައި ޔުވެންޓަސް ބަލިކޮށް އިޓާލިއަން ކަޕްގެ ފައިނަލުން ޗެމްޕިއަން އިންޓަރ މިލާން ޖާގަ ހޯދައިފިއެވެ.

އިންޓަ މިލާން ފައިނަލްގެ ޖާގަ ހޯދީ ސެމީފައިނަލް ދެވަނަ ލެގު 1-0 ން ކާމިޔާބުކޮށް، 2-1 ގެ އެގްރިގޭޓު ނަތީޖާއިން ކުރި ހޯދައިގެންނެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ވަނީ 1-1 ން ދެޓީމު އެއްވަރުވެފައެވެ. ރޭގައި ކުޅުނު ދެވަނަ ލެގުން އިންޓަ މިލާން މޮޅުވިއިރު، އެޓީމު ފައިނަލަށް ގެންގޮސްދިން ލަނޑު، މެޗުގެ ހަމަ އެކަނި ލަނޑު ޖެހީ ފެޑެރީކޯ ޑި މާކޯއެވެ.