English Edition
Dhivehi Edition

ޚާއްސަ މަސައްކަތެއް ކުރުމަށް ގަލޮޅުގެ ބައެއް ސަރަހައްދުން މިއަދު ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް މިއަދުކުރާނެ ކަމަށެވެ.

އެގޮތުން ގަލޮޅުގެ ބޮޑުތަކުރުފާނު މަގާއި، ހަވީރީމަގާއި، ރަބީއީ ހިނގުމުގެ އިތުރުން، ކާނޭޝަން މަގުން މިއަދު މެންދުރު 13:00 އިން 15:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެއެވެ. އަދި ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް ބުނެއެވެ.

ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް ސްޓެލްކޯ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޓެގު