English Edition
Dhivehi Edition

ކައިވެނިކޮށްގެން އުޅޭ އަނބިމީހާ ފަލަ ކަމަށް ބުނެ މަލާމާތް ކުރި ފިރިހެނަކު 30،000 ދިރުގަމުން ޖޫރިމަނާކޮށްފިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓް އަށް ނިސްބަތްވާ މި ދެމަ ފިރިން ކައިވެނިކޮށްގެން އެކުގައި އުޅޭތާ އެތަކެއް އަހަރުތަކެއް ވަނީ ވެފައެވެ.

އެ އަންހެން މީހާ ބުނީ އޭނާގެ ފިރިމީހާ އޭނާ ފަލަކަމުން އެކި ނަންނަމުން މުޚާތަބުކޮށް މަލާތްކޮށް ދިމާ ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

އެ އަންހެން މީހާ ބުނީ އޭނާ ކުރީގައި ހުންނަނީ ވަރަށް ހިކިކޮށް ކަމަށާއި ނަމަވެސް ބަލިވެ އިނދެ ވިހޭ ފަހުން މީހާއަށް އައި ބަދަލުތަކަކުން ފަލަވީ ކަމަށެވެ. އަދި އެހިސާބުން ފިރިމީހާ އޭނާ ފަކަމަށް ބުނެ ދިމާކުރަން ފެށީކަމަށް އޭނާ ބުނެފައިވެއެވެ.

އެ އަންހެން މީހާ އިތުރަށް ބުނީ އޭނާގެ ފިރިމީހާ އޭނާއާއި ދިމާއަށް ބައެއް ފަހަރު ފަލަ އޫރޭ ކިޔާފަވެސް ގޮވާ ކަމަށާއި އަދި އަނެއްބައި ފަހަރު ފަލަ އެލަފަންޓޭ ކިޔާފަ ވެސް ގޮވާ ދިމާކުރާ ކަމަށެވެ.

މިކަމާއި ވަރަށް ބޮޑަށް ދެރަވެ، ހިތުގައި ޖެހި އެހެން ނުކިޔުމަށް ފިރިމާގާތު އެދުމުން ވެސް އޭނާ އެކަން ނުހުއްޓުމުން މައްސަލަ ކޯޓަށް ވެއްދީކަމަށް އެ އަންހެން މީހާ ބުނެފައިވެއެވެ.

މި މައްސަލަ ކޯޓަށް ވެއްދި ހިސާބުން ދެ މީހުން ކޯޓަށް ހާޒިރުކޮށް ކަން ހިނގިގޮތް ތަހިޤީޤުކުރުމަށް ފަހު ކޯޓުން ވަނީ ފިރިހެން މީހާ 30،000 ދިރުހަމުން ޖޫރިމަނާކުރަން ނިންމާފައެވެ.

އަދި ދެން އެފަދަ ކަމެއް ނުކުރުމަށް ޝަރުތުކޮށް އެ ފިރިހެން މީހާ ކޯޓުން ދޫކޮށްލާފައިވާ ކަމަށާއި ދެން އެފަދަ ކަމެއް ކޮށް ކޯޓާއި ހިސާބަށް މައްސަލަ އަތުވެއްޖެ ނަމަ ބަންދުކުރާނެ ކަމުގެ އިންޒާރުވެސް އެ ފިރިހެން ނީހާއަށް ދީފައި ވާކަމަށް ރިޕޯޓުގައިވެއެވެ.