English Edition
Dhivehi Edition

މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައި ތަރުބިއްޔަތުދީ ބޮޑެތި ކުރާ ކުދިން އެނޫން ކުދިންނާ އަޅާ ބަލާއިރު ސިއްޚީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް މާ ދުޅަހެޔޮ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ހަވާޑް ޔުނިވަރސިޓީގެ ޕަބްލިކް ހެލްތް ސްކޫލުން ކުރިޔަށް ގެންދިޔަ މި ދިރާސާގައި ބުނެފައިވާ ގޮތުން ދީނީ ތަރުބިއްޔަތާއެކު ބޮޑެތިކުރާ ކުދިން އެކުދިން ޒުވާން ދުވަސްވަރަށް އެޅުމުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެނޫން ކުދިންނާއި އަޅާބަލާއިރު މަބޮޑަށްވެސް ދުޅަހެޔޮވެފަ ރަނގަޅުކަމަށެވެ.

ހަވާޑް ޔުނިވަރސިޓީން ކުރިޔަށް ގެންދިޔަ މިދިރާސާގައި އުމުރުން 8 އަހަރާއި 14 އަހަރާއި ދެމެދުގެ 5000 ވުރެ ގިނަ ކުދިންވަނީ ބައިވެެރިކޮށްފައެވެ. އަދި މި ދިރާސާއިން އެނގުނު ގޮތުގައި ކޮންމެ ދުވަހަކު ނަމާދުކުރާ ނުވަތަ އެނޫންވެސް ދީނީ ކަމެއްގައި މަޝްޢޫލުވެ އުޅޭ ކުދިންގެ ދިރިއުޅުން އެނޫން ކުދިންނާއި އަޅާބަލާއިރު 16 އިންސައްތަ އުފާވެރިއެވެ.

އަދި މިފަދަ ކުދިން ފުރާވަރަށް އަޅަމުން އަންނަ ދުވަސްވަރު ޖިންސީ ޖަޒުބާތުގައި ގޯހެއް ހެދުން އެހެން ކުދިންނާއި އަޅާބަލާއިރު 30 އިންސައްތަ ދަށްކަމަށް ރިޕޯޓުގައިވެއެވެ.

މިއާއެކު ޖިންސީ ގޮތުން އަރާ ބަލިތަކުން މިފަދަކުދިން ރައްކާތެރިވެފައިވާ މިންވަރުވެސް އިތުރު ކަމަށާއި އަދި އެކުއްޖަކަށް ދީނީ ތަރުބިއްޔަތު ދެވިފައިވާނަމަ މަސްތުވާތަކެއްޗާއި ދުރުވެ އެފަދަ ތަރުބިއްޔަތެއް ނެތް ކުދިންނަށްވުރެ މުޖުތަމަޢުގައި ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ އަޙްލާޤެއް އަށަގަންނަ ކަމަށްވެސް މިދިރާސާގައި ފާހަގަކޮށްފައިވެއެވެ.