English Edition
Dhivehi Edition

ކުރިއަށް އޮތް ދެ ހަފުތާގައި ވެސް ހޫނު ގަދަވާނެތީ، ކަރަންޓު ބޭނުންކުރުމުގައި ސަމާލުވުމަށް ސްޓެލްކޯ އިން އިލްތިމާސް ކޮށްފިއެވެ.

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިހާތަނަށް އެންމެ ގިނައިން އެއް ދުވަހެއްގައި ކަރަންޓް ބޭނުންކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ.

ކުރިއަށް އޮތް ދެ ހަފްތާގައި މިއަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑު ކަމަށާއި އެހެންވެ، ކަރަންޓް އިޤްތިސާދު ކުރުމަށް ޝަރީފު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި އޭސީ ފަދަ އާލާތްތަށް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށް ސްޓެލްކޯ އިން ވަނީ އެދިފައެވެ. އަދި 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ޓެމްޕަރޭޗަރ ބެހެއްޓުމަށާއި، އިލެކްޓްރޯނިކް އާލާތްތައް ގަންނަ އިރު، އިންވާޓާރ އަށް އިސްކަންދިނުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

މެޓް އޮފީހުން ވަނީ ލަފާކޮށްފައިވާ ގޮތުގައި މިދުވަސްވަރު ރާއްޖޭގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗައް އެރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި މި ދުވަސްވަރު އެންމެ ބޮޑަށް ހޫނުވާނީ މެންދުރު 2 ޖަހާ އެހާއިރު ކަމަށް ވާތީ، އެ ވަގުތު ބޭރަށް ނުކުތުމުގައި ސަމާލުވުމަށް ވެސް ސްޓެލްކޯ އިން އިލްތިމާސް ކޮށްފައި ވެއެވެ.

ޓެގު