English Edition
Dhivehi Edition

ރިޔާދު މާރޭޒްގެ މޮޅު ކުޅުމުން ޖެހި ލަނޑުތަކާއި އެކު ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް، އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް މެންޗެސްޓަރ ސިޓީ ދަތުރުކޮށްފިއެވެ.

ރޭ ކުޅުނު ސެމީފައިނަލް މެޗު ސިޓީން ކާމިޔާބުކުރީވެސް 3-0 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗަށް ސިޓީން ނުކުތީ ގިނަ ބަދަލުތަކާއި އެކުގައެވެ. އެގޮތުން ރުބެން ޑިއާޒްއާއި ރޮޑްރީއާއި ޖޯން ސްޓޯންސްއާއި ކެވިން ޑެ ބުރޭނާއާއި ކީޕަރު އެޑާސަން މި މެޗުގައި ކުޅެފައެއް ނުވެއެވެ.

މި މެޗުގައި ސިޓީން ރަނގަޅު ކުޅުމެއް ދެއްކި އިރު، އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެފީ މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފަައި ވަނިކޮށް ލިބުނު ޕެނަލްޓީއެއްގައި ރިޔާދް މާރޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ޕެނަލްޓީ ސިޓީއަށް ލިބުނީ ބާނާޑޯ ސިލްވާއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

ސިޓީގެ ދެވަނަ ލަނޑު ވެސް ޖެހީ މާރޭޒްއެވެ. މި މެޗުގައި މާރޭޒްގެ ހެޓްރިކް ފުރިހަމަކުރީ ގްރީލިޝް ދިން ބޯޅައަކުން ޖެހި ލަނޑުންނެވެ.