English Edition
Dhivehi Edition

ރާއްޖޭގެ ފަރެއްގެ މައްޗަށް އެއްލާލާފައި އޮތް ޓަނަކަށް ވުރެ ބަރު ދަލެއް ނަގައިފިއެވެ.

ރާއްޖޭގެ ފަރުތަކާއި ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރުޕީ) އިން ބުނާ ގޮތުގައި ގޯސްޓް ނެޓް ނަގާފައިވަނީ ޖޯލި މޯލްޑިވްސް ރިސޯޓުގެ ޓީމަކުންނެވެ. މި ދާ ނަގާފައި ވަނީ އެ ޓީމުން ކުރި 7 ގަޑި އިރުގެ މަސައްކަތަކުންނެވެ.

ރާއްޖޭގެ ތިލަ ފަރަކުން އެ ދާ ނަގާފައިވަނީ ފަތާފައި ފުން ހިސާބަކަށް އެ ދާ ގެންދިއުމަށް ފަހު، ކަފު ޖަހައިގެން ރިސޯޓާ ހަމައަށް ގެންގޮސްގެން ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

ދާ މޫދުން ނެގުމަށް ފަހު އެ ދާގެ އެކިއެކި ސާމްޕަލް ނަގައި މައުލޫމާތު އެއްކޮށްފައިވާ ކަމަށް އޯއާރުޕީން ބުންޏެވެ. އެކަމުގެ ސަބަބުން މޫދަށް ދޫކޮށްލާފައިވާ އެކިއެކި ސާމާނު ނައްތާލުމަށް ކުރާ މަސައްކަތުގައި ކުރިއެރުންތަކެއް ލިބޭނެކަން އެ ޖަމިއްޔާ އިން ފާހަގަކުރި އެވެ.

ރާއްޖޭގެ ސަރަހައްދެއްގައި މި ގޮތަށް ދޫކޮށްލާފައިވާ ދަލެއް ފެނިއްޖެ ނަމަ މެދުވެރިކޮށް އެކަން ރިޕޯޓުކުރަން އެ ޖަމިއްޔާ އިން ވަނި އެދިފަ އެވެ.