English Edition
Dhivehi Edition
"ޝިއު ޕާފިއުމް" ރަސްމީކޮށް ބާޒާރަށް ނެރުމަށް ރޭ އައިލެންޑް ޕާރފިއުމް ބާރ އިން ބޭއްވި ހަފްލާގެ ތެރެއިން

ދިވެހިރާއްޖޭގެ މަޝްހޫރު ސޯޝަލްމީޑިއާ އިންފުލުއެންޒާ ޝިއުފާ އަހްމަދު (ޝިއު) ގެ ނަމާއި ގުޅުވައިގެން “ޝިއު ޕާފިއުމް” ގެ ނަމުގައި އަންހެނުންނަށް ހާއްސަ ސެންޓެއް އުފައްދައި ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފިއެވެ.

މިއީ “އައިލެންޑް ޕާފިއުމް ބާރ” އިން އަމިއްލައަށް ޑިޒައިންކޮށް ބާޒާރަށް ނެރުނު ދިވެހި އަމިއްލަ އުފެއްދުމެކެވެ. މިސެންޓް ނެރެފައިވަނީ މިއަހަރުގެ ފިތުރު އީދާއި ގުޅުވައިގެން މިކަމަށްޓަކައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.

މިއީ ޕާފިއުމަރީ ނުވަތަ މިކަމުގެ ތައުލީމު ހާސިލުކޮށްގެން ތިބި އައިލެންޑް ޕާފިއުމް ބާރގެ ޓީމުން އެކްސްޕްރިމަންޓް ކޮށްގެން އުފައްދާފައިވާ، ކަނބަލުން ގަޔާވާ ވަހެއް ހުންނަ ސެންޓެކެވެ. މި ސެންޓުގައި ފްލޯރަލް އަދި ފްރުޓީ ވަސްތަކެއް އެކުލެވިގެންވެއެވެ. ސެންޓުގެ ވަސް ފަނޑުވަމުންދާއިރު ދެން ނިކުންނަނީ މަސްކް، އަދި ވުޑީ ވަސްތަކެވެ.

މިއީ ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ރާއްޖެއަށް ހާއްސަކޮށްގެން ރާއްޖޭގެ ކުންފުންޏަކުން ތަޢާރަޕް ކުރި ފުރަތަމަ ސެންޓެވެ. މި ސެންޓުގެ އިތުރުން އަތަރުވެސް ލިބެން ހުންނާނެއެވެ.

މިފަދަ ރާއްޖޭގެ އަމިއްލަ އިތުރު އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށް ކައިރި މުސްތަގުބަލެއްގައި މާކެޓް ކުރުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. އަދި މިފަދަ ފަހި ފުރުސަތުތައް އިތުރު މަޝްހޫރު ފަރާތްތަކަށް ހުޅުވިފައިވާކަންވެސް ވަނީ ހާމަ ކޮށްފައެވެ.

ސެންޓަކީ އެ މީހަކު ބޭނުން ގޮތަކަށް ޖެހިދާނެ އެއްޗެކެވެ. އެކަމަކު މިއީ ވެސް ވަކި ވައްޓަފާޅިއެއް އޮންނަ ކަމެކެވެ. މިސާލަކަށް، ލާ އަންނައުނުގެ އިތުރުން ހަށިގަނޑުގެ ޕަލްސް ޕޮއިންޓްތަކަށް (ހަމުގެ ފަށަލައާ އެންމެ ކައިރިން ވިންދު ޖަހާ ދިމާތައް) ސެންޓު ޖެހުމަކީ އޭގެ ތެރެއިން ކުރެވިދާނެ ކަމެކެވެ. ކޮންމެ މީހަކު ވެސް ބޭނުން ވާނީ ސެންޓުގެ ވަސް ވީހާ ވެސް ގިނަ ވަގުތު ދެމިހުރުމަށެވެ. މި ބުނާ ވައްޓަފާޅިއަށް ސެންޓު ޖެހުމަކީ، އޭގެ ވަސް ގިނައިރު ހިފަހައްޓައިދޭ ކަމެއް ކަމަށް މިކަމުގެ ތަޖުރިބާކާރުން ބުނެ އެވެ.

އައިލެންޑް ޕާފިއުމްއިން ދޭ ޔަގީންކަމަކީ، އެ ވައްޓަފާޅިއަށް އެ ތަނުން ވިއްކާ ސެންޓު ޖަހައިފި ނަމަ، 10-12 ގަޑިއިރަށް ވަސް ދެމި ހުންނާނެކަމުގެ ޔަގީން ކަމެވެ.

އައިލެންޑް ޕާފިއުމް ބާރއަކީ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ އޮރިޖިނަލް އަތަރު އަދި ސެންޓުތައް ވިއްކުމުގެ އިތުރުން އެކި ޕާފިއުމްތައް މިކްސް ކޮށްގެން އެ މީހަކަށް ކަމުދާ ވަހެއް ދުވާ ސެންޓެއް ތައްޔާރުކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ސެންޓް ފިހާރައެކެވެ. މިއީ ރާއްޖޭގައި ހުޅުވި ފުރަތަމަ ޕާފިއުމް ބާރއެވެ.

އައިލެންޑް ޕާފިއުމް ބާރ އިން ވިއްކާ ޕްރޮޑަކްޓުތަކާ ގުޅޭ މައުލޫމާތު، އެ ފިހާރައިގެ ވެބްސައިޓް އަދި އިންސްޓަގްރާމް ޕޭޖުން ބަލައިލެވޭނެ އެވެ. އަދި 7558822 އަށް ގުޅައިގެން ނުވަތަ ވައިބަރ ކޮށްގެންވެސް އޯޑަރު ކުރެވޭނެ އެވެ.

މީގެ އިތުރުން ލޮނުޒިޔާރަތް މަގު ކުރީގެ ޓާމިނަލް ކެފޭ ކައިރީ ހުންނަ އައިލެންޑް ޕާފިއުމް ބާރ އަށް ޒިޔާރަތް ކޮށްގެން ވެސް އެ ފިހާރައިން ވިއްކާ ތަކެތި ޓެސްޓު ކޮށްލެވޭނެ އެވެ.