English Edition
Dhivehi Edition

ކޮންމެ ދުވަހަކު ތިން އިރު ކެއުމަށް މެގީ ނޫޑްސްލް ކައްކާފައި ކާންފޭތީ ރުޅިގަދަވެ ފިރިހެނަކު އޭނާގެ އަންހެނުން ވަރިކޮށްލައިފިއެވެ.

އިންޑިއާގެ ގުޖުރާތަށް ނިސްބަތްވާ މި ދެމަފިރިންނަކީ ވެސް ވަޒީފައި އުޅޭ ދެ މީހުންކަމަށް ވެއެވެ. އެހެން ކަމުން ކޮންމެ ދުވަހަކުވެސް އަންހެން މީހާ ފަަސޭހަކޮށްލަން ފިރިމީހާއަށް ކާން ކައްކާލަނީ މެގީ ނޫޑްލްސް ގަނޑެކެވެ.

ކޮންމެ ދުވަހަކު މެގީ ނޫޑްލްސް ކައްކާފަ ކަން ދޭތީ ފިރިމީހާ އެހާގަޔާނުވާކަން އަންހެން މީހާއަށް އެނގޭއިރުވެސް އޭނާ އަބަދު ވެސް ކަމްތައް ކުރަނީ އެހެން ކަމަށް ވެއެވެ.

އިންޑިއާގެ ނޫހެއް ކަމުގައިވާ ދަ ނިއު އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވަނީ މި ފިރިހެން މީހާ އޭނާގެ އަންހެނުން ވަރިކޮށްލާފައިވަނީ ކޮންމެ ދުވަހަކުވެސް ތިންއިރު ކެއުމަށް ނޫޑްސް ނުކެއްކުމަށް އެތައްފަހަރަކު ތަކުރާރުކޮށް އިންޒާރުވެސް ދިނުމަށް ފަހުގައެވެ.

މި މައްސަލަ އިންޑިއާގެ ކޯޓަކަށްވެސް ހުށައަޅާފައިވާއިރު، މި މައްސަލާގެ ތަޙުޤީޤު ކުރި އިންޑިއާގެ ބައްލާރީގެ ޑިސްޓްރިކްޓްގެ ރަޣުނާތް ނަމަކަށް ކިޔާ ވަކީލަކު ހާމަކުރި ގޮތުގައި މައްސަލަ ކޯޓަށް ވެއްދި ނަމަވެސް އެ މައްސަލަ ކުރިޔަށް ގެންދިއުމުގައި ދަތިތަކެއް ހުރިކަމަށެވެ.

ވަކީލު ބުނީ ދެ މީހަކު އައިސް ވަރީގެ މައްސަލައެއް ފައިލް ކުރިނަމަވެސް އޭގެން އެއްވެސް މީހެއްގެ ނަމެއް އަދި އެޑްރެހެއްވެސް މައްސަލަ ހުށައެޅި ރިޕޯޓުގައި އެނގެން ނެތްކަމަށެވެ.

ނަމަވެސް ހުށައަޅާފައިވަނީ މެގީ ބްރޭންސްޑުގެ ނޫޑްސް އާންމުކޮށް އަންހެން މީހާ އޭގެ ފިރިމީހާއަށް ކާންދޭތީ ވަރިކުރި މައްސަލައެއް ކަން އެނގެން އޮތްކަމަށެވެ.

ވަކީލް ބުނީ މައްސަލަ އެނގެން އޮތް ނަމަވެސް މައްސަލާގައި ކުރިޔަށް ދެވެން އޮތީ އެ ދެމަފިރިންގެ މަޢުލޫމާތުވެސް ސާފުވެ ދެ މީހުންގެ ހާޒިރުގައި ކަމަށެވެ.

އެ ދެމަފިރިން ކައިވެންޏަށް އަހަރެއް ވިއިރު، މުޅި އަހަރު ދުވަހު އެއްކޮށް ފިރިމީހާއަށް އޭނާގެ އަންހެނުން ކާންދީފައިވަނީ މެގީ ނޫޑްލްސް ކަމަށް ރިޕޯޓުގައިވެއެވެ.

ނޫޑްލްސް ކެއުމަކީ އާއްމު ކަމެކެވެ. އެހެން ނަަމަވެސް އަބަދު ކޮންމެ އިރަކު އެ ކެއުމަކީ އެންމެން ހިތްހަމަޖެހޭ ރަނގަޅު ކަމަށް ނުވެއެވެ. ބައެއް މީހުންނަށް ނޫޑްލްސް އަކީ އެންމެ ރަނގަޅު ކެއުމަކަށް ވެސް ނުވެއެވެ.