English Edition
Dhivehi Edition

އޭސީ މިލާނުގައި އިތުރު އެއް އަހަރު މަޑުކުރަން ނިންމާ އުމުރުން 36 އަހަރުގެ އޮލިވިއޭ ޖިރޫޑް އެއްބަސްވުން އާކޮށްފިއެވެ.

ޖިރޫޑް އިތުރު އެއް އަހަރު ކުލަބުގައި މަޑުކުރަން ނިންމާ އައު އެއްބަސްޗުމުގައި ސޮއިކުރިއިރު، މިލާން އާއި އެކު މިހާރު އޭނާ ހަދާފައި އޮތް އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.

މިހާރު ސޮއިކުރި އިތުރު އެއް އަހަރާއި އެކު ޖިރޫޑް މިލާންގައި 2024 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރާނެއެވެ.

ޖިރޫޑު މިލާން އަށް ބަދަލުވީ 2021 ވަނަ އަހަރުު ޗެލްސީންނެވެ.

މިލާންގެ އެއްބަސްވުން އާކުރުމަށްފަހު މީޑިއާ އާއި ވާހަކަ ދައްކަމުން ޖިރޫޑު ބުނީ އޭނާ މިލާނުގައި މަޑުކުރަން ނިންމީ އެ ކުލަބާއި އެކު އިތުރަށް ކުރިޔަށް ދާން ބޭނުންވާތީ ކަމަށާއި އަދި އެ ނިންމުމަކީ އޭނާގެ ކެރިއަރުގައި ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ.

މީގެ އިތުރަށް ޖިރޫޑު ބުނީ މިލާން އާއި އެކު އިތުރު ކާމިޔާބީތަށް ވެސް ހޯދަން ބޭނުންވާ ކަމަށެވެ. އެގޮތުން ގިނަ އަހަރުތަކެއް ވަންދެން މިލާނުގައި މަޑުކުރަން ބޭނުންކަމަށް ވެސް އޭނާ ބުންޏެވެ.

2021 ވަނަ އަހަރު މިލާން އާއި ގުޅުނު ޖިރޫޑް ވަނީ މިހާތަނަށް އެޓީމަށް ކުޅެދިން 76 މެޗުގައި 27 ލަނޑު ޖަހާފައެވެ.