English Edition
Dhivehi Edition

ކަރަންޓު ބޭނުންކުރުމުގައި ސަމާލުވުމަށް ސްޓެލްކޯ އިން އިލްތިމާސް ކޮށްފިއެވެ.

ސްޓެލްކޯ އިން ބުނީ މިހާރު މި ހިނގަނީ މި އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްވަރު ކަމަށާއި އެގޮތުން ކޮންމެ އަހަރެއްގެ އޭޕްރިލް މަހާއި މޭ މަހަކީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށެވެ.

މި ދުވަސްތައް މި އަހަރުގެ ރޯދަ މަހާ ދިމާވުމުގެ ސަބަބުން ކަރަންޓުގެ ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި މި ދުވަސްވަރު ރޭގަނޑުގެ ވަގުތުތަކުގައި ވެސް ކަރަންޓު އުފައްދަން ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެހެންކަމުން ކަރަންޓު ބޭނުންކުރުމުގައި ސަމާލުވެ، ކަރަންޓު އިގްތިސޯދުކޮށް އިސްރާފު ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް މަހާއި މޭ މަހަކީ ރާއްޖެ އަށް އެންމެ ހޫނު ގަދަވާ އެއް ދުވަސްވަރެވެ. އެހެންވެ، އަހަރުގެ އެހެން ދުވަސްދުވަހަށް ވުރެ މި ދުވަސްވަރު ގޭބިސީތަކުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ. އެކަމުގެ ސަބަބުން ކަރަންޓު ބިލުތައް ބޮޑުވެ، ކަސްޓަމަރުން މި ދުވަސްވަރު އަބަދު ވެސް ކަންބޮޑުވުން ފާޅުކުރެއެވެ.

ޓެގު