English Edition
Dhivehi Edition

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގެ މެޗުތައް މިރޭ ފެށޭއިރު، ޗެލްސީން މިރޭ ނުކުންނާނީ ކޮންމެހެން މޮޅުވުން މަޖުބޫރު މެޗަކަށް އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ރެއާލް މެޑްރިޑާއި ދެކޮޅަށެވެ. މި ދެޓީމު ބައްދަލު ކުރި ފުރަތަމަ ލެގުގެ މެޗުން ޗެލްސީ ބަލިވެފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ. އެހެން ކަމުން މިރޭ އަމިއްލަ ދަނޑުގައި ރެއާލް އާއި ދެކޮޅަށް ކުޅޭ މެޗުން ޗެލްސީމޮޅުވާން ޖެހޭނީ ތިން ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ކޮންމެ އަކަސް ޗެލްސީން މިރޭ ނުކުންނާނީ ދޭތިންއެކައްޗަށް މޮޅެއް ހޯދާ ޗެމްޕިއަންސް ލީގުގެ ސެމީގެ ޖާގަައެއް ކަށަވަރުކުރުމަށެވެ.

މިރޭގެ މެޗާއި ބެހޭގޮތުން ވާހަކަ ދައްކަމުން ޗެލްސީގެ ލެޖެންޑް ގެރީ ކޭހިލް ބުނީ ޗެލްސީއަކީ ވަރުގަދަ ސްކޮޑެއް އޮތް ޓީމެއް ކަމަށާއި އަމިއްލަ ދަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ރެއާލުން ނެރެފައިވާ ނަތީޖާތައް އަނބުރާލެވޭނެހާ ފެންވަރު ޓީމުގައި އެބަހުރި ކަމަށެވެ. އެހެންް ކަމުން މިރޭ އެކަން ކުރެވެން ޖެހޭނޭކަމަށް އޭނާ ބުންޏެވެ.

އަދި މިވަގުތު ޓީމާއި ހަވާލުވެހުރި ފްރެންކް ލަމްޕަޑަކީ އޭނާގެ ރަން ޒަމާނުގައިވެސް ދަނޑުމަތީގައި ލީޑަރެއްކަމަށާއި ދަނޑު ބޭރުންވެސް އެ ލީޑަރޝިޕް ލަމްޕާޑުގެ ފަރާތުން ފެނިގެން ދާނެކަމަށް ގަބޫލު ކުރާކަމަށް ކޭހިލް ބުންޏެވެ.

ކޭހިލް ބުނީ މިރޭގެ މެޗަށް ޓެކްޓިކަލީ ގޮތުންނާއި ފިޒިކަލީ ގޮތުންނާއި މެންޓަލީ ގޮތުން ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނެ ކަަމަށާއި އެކަން ކޯޗު ލަމްޕާޑު ކުރާނެ ކަމާއި މެދު ޝައްކުނުކުރާ ކަމަށެވެ. ލަމްޕާޑަކީ ވަރަށް ވިސްނުން ތޫނު ދުރާލާ ކަންކަން ރާވަން މޮޅު ކޯޗެއް ކަމުން މިރޭގެ މެޗަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެސް މިހާރު ވެ ނިމިފައިވާނެ ކަމަށް ޔަގީން ކުރާކަމަށް ކޭހިލް ވަނީ ބުނެފައެވެ.