English Edition
Dhivehi Edition

ޝާސް ފްރެގްރެންސްގެ ނަމުގައި އާ ސެންޓްވިއްކާ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

މަޖީދީމަގު، ހެންވޭރު ބޯޅަދަނޑު ކައިރީގައި ހުޅުވި ސެންޓު ފިހާރަޔަކީ ތަފާތު އެކި ފަހުގެ ބްރޭންޑުތަކުގެ، ދެޖިންސް އަށް ކަމުދާ މަޝްހޫރު ސެންޓު ލިބެން ހުރި ފިހާރައެކެވެ.

ކުށްފުނީގެ ވެރިޔާ އަބްދުއްރަޝީދު ހަސަން ވިދާޅުވީ އެ ފިހާރައިން ގަންނަން ލިބެން ހުރި ކޮންމެ ބްރޭންޑެއް ވެސް ކަސްޓަމަރުންނަށް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ވަރަށް ބޮޑު މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި އުއްމީދަކީ ކަސްޓަމަރުން ބޭނުންވާ ފަދަ ޚިދުމަތެއް ދިނުން ކަމަށެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުން ބޭނުންވާ ފަދަ ޚިދުމަތެއް ދިނުން. އެއީ ކަސްޓަމަރުންނާ ނުލާ އަޅުގަނޑުމެންނެއް ނުތިބޭނެ. ވިޔަފާރި ވާނީ އަދި ވިޔަފާރި ކުރެވޭނީ ކަސްޓަމަރުންގެ ލޯތްބާ އިހުތިރާމު ލިބިގެން.” އަބްދުއްރަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ބައެއް ފިހާރަތައް ހުޅުވުމަށްފަހު، ގިނަ ވިޔަފާރިތައް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުއްޓާލަން ޖެހެނީ ކަސްޓަމަރުންގެ ބޭނުން އެންމެއެދެވޭ ގޮތުގައި ނުހިފާތީ ކަމަށާއި ނަމަވެސް މި ފިހާރައިގާ އަބަދު ވެސް އިސްވާނީ ކަސްޓަަމަރުން ކަމަށެވެ.

މި ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ފިހާރަ ހުޅުވުމުގެ ގޮތުން ރިބަން ކަނޑާލަދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެމެންބަރު މުޙައްމަދު ނާޒިމެވެ.

މި ހަފުލާގައި ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އުޝާމް ވެސް ބައިވެރިވެލެއްވި އެވެ.އަދި ގިނަ އަދަދެއްގެ މީހުން ވެސް ވަނީ ބައިވެރިވެފަ އެވެ.