English Edition
Dhivehi Edition

ރޭ މާލޭމަގުމަތިން ދިޔަ މީހެއްގެ އަތުން 3500 ރުފިޔާ ފޭރުނު ދެމީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ހެންވޭރު ކޮޅުން ހިނގާފައި ދިޔަ މީހެއްގެ އަތުން ފައިސާ ފޭރިގެންފައިވަނީ ރޭ ދަންވަރު 1:46 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. މިހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ އަންހެނަކާއި، 21 އަހަރުގެ ފިރިހެނެކެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. މިރޯދަމަހުވެސް މާލޭގައި ވައްކަމާއި ފޭރުންވަނީ އިތުރުވެފައެވެ. މިދިޔަ ބުދަދުވަހުގެރޭވެސް ވަނީ ގެސްޓުހައުސްއަކަށްވަދެ ވައްކަން ކޮށްފައެވެ.