English Edition
Dhivehi Edition

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 64 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ގިރާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާ ބޭރު ތޮށިލުމުގެ މަސައްކަތުގެ %54 ފުރިހަމަ ކުރެވިފައިވާކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރި މި މަޝްރޫއަކީ 28.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 240 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މިމަޝްރޫގެ ދަށުން 21،181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމާއި 220 މީޓަރު ރިވެޓްމަންޓް ޖެހުމާއި 369 މީޓަރު ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން އަންނަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ.