English Edition
Dhivehi Edition

ރޯދަ ދޫކޮށްލަން މުސްލިމު ކުޅުންތެރިއަކަށް ކޯޗު ތަކުރާރުކޮށް އެންގުމުންވެސް ރޯދަ ދޫކޮށްލަން އިންކާރު ކުރުމުން އަދަބު ދީފިއެވެ.

ރޯދަ ދޫކޮށަލަން އެންގީ ފްރެންޗް ލީގުގެ ނަންޓޭސްއަށް ކުޅެމުން އަން ފްރާންސަށް އުފަން އަލްޖީރިއާ ޒުވާން ޑިފެންޑަރ ޖައުއެމް ހަޖަމް އަށް އެޓީމުގެ ކޯޗު އެންޓޮއިން ކޮމްބޯއާއެވެ.

ފްރެންޗް ލީގުގައި މިމަހުގެ ދެވަނަ ދުވަހު ރެއިމްސްއާއި ދެކޮޅަށް ކުޅުނު މެޗަށް ނަންޓޭސް ކުޅުނު މެޗަށް ނެގި ސްކޮޑުން ހަޖަމް ބާކީ ކުރީ އެ ސަބަބާއި ހުރެއެވެ. އެ މެޗުގައި އޭނާ އިންނަން ޖެހުނީ ފުރުސަތު ނުލިބި ދަނޑު ބޭރުގައެވެ.

ރެއިމްސް އާއި ދެކޮޅަށް ކުޅެ 0-3 އިން ނަންޓޭސް ބަލިވި މެޗަށް ފަހު މީޑިއާއާއި ވާހަކަ ދައްކަމުން ކޯޗު އެންޓޮއިން ކޮމްބޯއާ ބުނީ ހަޖަމް ސްކޮޑުން ބާކީ ކުރީ ތަކުރާރުކޮށް ރޯދަ ދޫކޮށްލުމަށް އެންގުމުންވެސް އެގޮތަށް އަމަލުނުކުރުމުން ކަމަށެވެ.

އެންޓޮއިން ކޮމްބޯއާ ބުނީ ރޯދަ ހިފުމަކީ މައްސަލައެއް ނޫންކަމަށާއި. ނަމަވެސް މެޗު ކުޅޭ ދުވަސްތަކުގައި ރޯދަ ނުހިފަން ކުޅުންތެރިންނަށް އަންގާފައި ވާނޭ ކަމަށާއި މެޗު އޮންނަ ދުވަސަތަކުގައި ރޯދަހިފައިގެން ހުރެ މެޗުގައި ކުޅެން ފުރުސަތު ނުލިބޭނޭ ކަމަށް ވެސް ކުޅުންތެރިންނަށް އެންގިކަމަށް އެންޓޮއިން ކޮމްބޯއާބުންޏެވެ.

” ރޯދަ ހިފުމަކީ މައްސަލައެއް ނޫން. ރޯދަ ހިފަންވީ. އެހެން ނަމަވެސް އެއްވެސް ކުޅުންތެރިއަކަށް ރޯދަ ހިފައިގެން ހުރެ މެޗެއް ނުކުޅެވޭނެ. މެޗު ކުޅޭ ދުވަސްތަކުގައި ރޯދައަށް ހުންނަ ކުޅުންތެރިން ޖެހޭނީ ދަނޑުބޭރުގައި ތިބެން. އެ ކުޅުންތެރިންނަކަށް ފުރުސަތެއް ނެތް.” އެންޓޮއިން ކޮމްބޯއާ ބުންޏެވެ.

އުމުރުން 20 އަހަރުގެ ހަޖަމް ބުނީ ކޯޗުގެ ނިންމުން ކޮންމެ ގޮތަކަށް ނިންމިޔަސް މައްސަލެއް ނެތް ކަމަށާއި ރޯދަ ހިފާނޭ ކަމަށެވެ. އަދި މެޗުތަކުން ފުރުސަތު ނުލިބުނަސް ރޯދައެއް ދޫކޮށްނުލާނޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ރޯދަ މަހުގެ ތެރޭގައި ފްރެންޗް ލީގުގައި ކުޅޭ މެޗުތަކުގައި މުސްލިމް ކުޅުންތެރިންނަށް މެޗު މެދުކަނޑާލާފަ ރޯދަ ވީއްލުމަށް ފުރުސަތު ނުދޭން ނިންމާފައިވާއިރު، ޔޫރަޕުގެ އެހެން ބައެއް ލީގުތަކުން މުސްލިމު ކުޅުންތެރިންނަށް އެ ފުރުސަތު ދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.