English Edition
Dhivehi Edition

ޓިނުތަކެއް ވަގަށް ނެގި މިނިސްޓަރަކު ޖަލަށްލާން ޔުގެންޑާގައި ހުކުމް ކޮށްފި އެވެ.

މެޓަލް ރޫފިން ޝީޓްތަކެއް ވަގަށް ނަގާފައިވަނީ މިނިސްޓަރު މޭރީ ކިމޮނޯގެ އެވެ.

ޚަބަރުތައް ބުނާ ގޮތުން އޭނާ އެ ޓިނުތައް ވަގަށް ނަގާފައިވަނީ އުތުރުއިރުމަތީ ކަރަމޯޖާ ސަރަހައްދުގައި ހުރި ގެތައް ހިޔާކުރަން ބަހައްޓާފައި ހުރި ޝީޓްތަކެކެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުމުން އެކަމަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.

އޭނާ އާ ދެކޮޅަށް އުފުލާފައިވާ ދައުވާގައި ވަގަށް ނެގި ޓިނުތަކުގެ ބައެއް، ސަރުކާރުގެ އެހެން ދިހަ މިނިސްޓަރަކަށް ވެސް ދީފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެގޮތުން ނައިބު ރައީސާއި ބޮޑުވަޒީރާއި މަޖިލީހުގެ ރައީސާއި އެހެނިހެން ވަޒީރުން ވެސް ހިމެނޭ ކަމަށް ޚަބަރުތަކުން ވަނީ ބުނެފަ އެވެ.

މިކަމާއި ގުޅިގެން ބޮޑުވަޒީރު ވަނީ މައާފަށް އެދިވަޑައިގެން، ޝީޓްތައް އަނބުރާ ދެއްވުމަށް އެހެން ބޭފުޅުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

1 ކޮމެންޓް
Vote Viki gamaaru
އޭޕްރީލް 8, 2023
Adurey