English Edition
Dhivehi Edition

ނ. މަނަދޫގެ ގެއެއްގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެއީ 62 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ އެ ގޭގައި އުޅެމުން އަންނަނީ އެކަނި ކަމަށެވެ.

އޭނާގެ ޚަބަރެއް ނުވެގެން ޢާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު އިރުއޮއްސި 6:13 އެހާކަންހާއިރު ކަމަށް ވެސް ބުނެއެވެ. އަދި މި ރިޕޯޓު ކުރުމާއި އެކު އެ އަންހެން މީހާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރުވައްޓާލައި، އެތެރެއަށްވަދެ ބެލި އިރު، އޭނާ އޮތީ ކޮޓަރީގެ ބިންމަތީގައި މަރުވެފައި ކަމަށް ވެސް ފުލުހުން ފުލުހުން ބުނެއެވެ.

މި ކަމާއިގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.