English Edition
Dhivehi Edition

އަންހެންކު އޭނާގެ ފިރިމީހާގެ މޯބައިލް ފޯނުން ތިހުރީ ވަރިކޮށްފަކަމަށް ބުނެ އަމިއްލަ ފޯނަށް މެސެގްތަކެއް ކޮށްފިއެވެ.

ޔުނައިޓެޑް އަރަބް އެމީރޭޓްސް އަށް ނިސްބަތްވާ މި އަންހެން މީހާ މިގޮތަށް ކަންތައް ކުރީ އޭނާގެ ފިރިމީހާގެ ގާތުން އެތަކެއް ފަހަރުމަތިން ވަރިވާން އެދުމުން ވެސް ވަރިނުކުރުމުންނެވެ.

އެ އަންހެން މީހާ އަމިއްލަ އަށް އޭނާގެ ފޯނަށް ފިރިމީހާގެ ފޯނުން މެސެޖު ކުރީ ފިރިމީހާ ނިދާފައި އޮއްވާ އޭނާގެ މޯބައިލް ފޯނުވަގަށް ނަގައިގެން ފިންގާޕްރިންޓް ޖަހައިގެން ފޯނު ހުޅުވައިގެންކަމަށް ވެއެވެ. ފިރިމީހާގެ ފޯނުން އަމިއްލަ ފޯނަށް ” ކަލޭ ތިހުރީ ވަރިކޮށްފަ” މިހެން ލިޔެ ތިން ފަހަރު މެސެޖްކޮށްފައިވެއެވެ.

މިކަން އެނގުމުން އެ ފިރިހެން މީހާ މި މައްސަލަ ކޯޓަށް ހުށައެޅިއެވެ. އަދި މި މައްސަލަ ހިނގަން ދިމާވި ސަބަބު ކޯޓުން ތަހުގީގުކުރިއެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފަހު ކޯޓުން ނިންމީ އެ އަންހެން މީހާ ފިރިމީހާގެ ފޯނުން އެފަދަ މެސުތަކެއް ކޮށްގެންވެސް ވަރިވާން މަސައްކަތް ކޮށްފައިވަނީ ފިރިމީހާގެ އަނިޔާތަކަށް ކެތްނުކުރެވިގެން ކަމަށާއި އެކަން އަންހެން މީހާގެ ހަށިހަނޑުން ބަލާލުމުން ވެސް ފާހަގަވާން ހުރިކަމަށެވެ.

އެހެން ކަމުން އަންހެން މީހާ ވަގަށްވިޔަސް އޭނާގެ ފިރިމީހާގެ ފޯނުން ފޮނުވާފައިވާ މެސެޖުތަކަކީ ޝައްޚަ މެސެޖުތަކެއް ކަމަށް ބަލާ ކޯޓުންވަނީ އެ ދެމީހުން ވަރިވެފައިވާ ކަމަށް ނިންމާފައެވެ.