English Edition
Dhivehi Edition

އޭރުވެސް މިހާރުވެސް ތާއީދު ކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ކަމަށް ވިދާޅުވެ، އޭޑީކޭ ކުންފުނީގެ ވެރިޔާ އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު) ގެ ތާއީދުކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކަން ހާމަކުރައްވައިފި އެވެ.

ނާޝިދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭރުވެސް ރައީސް ސާލިހް ކަމަށާއި މިހާރުވެސް ރައީސް ސާލިހް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ އޭޑީކޭ ނާޝިދު، ރައީސް ސާލިހަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައިވާއިރު، ގިނަ ފަރާތްތަކަކުން އަންނަނީ ރައީސް ސާލިހަށް ތާއީދު ކުރައްވާކަން ހާމަކުރައްވަމުން ނެވެ.

ޚާއްސަ ގޮތެއްގައި ޖުމްހޫރީ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެ، އަދި އެ ޕާޓީގެ ސްލޮޓުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ފާހަގަކޮށްލެވެއެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި ރައީސް އޮފީހުގެ މިނިސްޓަރ އަހްމަދު ސަމީރު ފާހަގަކޮށްލެވެއެވެ.