English Edition
Dhivehi Edition

މިއަދު ރާއްޖޭގެ ރައްރަށުގެ މިސްކިތްތަކުގައި ދެއްވި ހުކުރު ޚުތުބާގެ މަޢުޟޫއަކީ “ބަދުރު ހަނގުރާމައިގެ ފިލާވަޅުތައް” މިއެވެ.

ހިޖްރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހުގައި ހިނގި ބަދުރު ހަނގުރާމައަކީ އެކަމުން މުސްލިމުންނަށް ގިނަގުނަ ޢިބުރަތްތަކަކާއި މުހިންމު ފިލާވަޅުތަކެއް ލިބިގެން ދިޔަ ހާދިސާއެވެ. އެކަން އިސްލާމީ ތާރީޚުން ވަރަށް ރަނގަޅަށް ހެކިދެއެވެ.

މުސްލިމުންނޭވެ.! ބަދުރުގެ ހާދިގާ އަހަރެމެންނަށް އަންގައިދެނީ، ﷲގެ ދީނަށްޓަކައި ވާންޖެހޭ ޤުރުބާނީގެ މަތިވެރިކަމެވެ. އެ ޤުރުބާނީގައި ދައްކުވައިދެނީ މަތިވެރި އަޞްޙާބުންގެ ރިވެތި ނަމޫނާއެވެ. އަދި އިސްލާމްދީނުގައި މަޝްވަރާކުރުމަށް ބާރުއަޅުއްވާ މިންވަރެވެ.

މައްކާގެ މުޝްރިކުންގެ ޚަބަރު އެނގިވަޑައިގެން މާތް ނަބިއްޔާގެ އަރިހުގައި ތިއްބެވި ޞަޙާބީންގެ އަރިހުން މަޝްވަރާއަށް އެދިވަޑައިގެން ހަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެ ފާނަށް މަޝްވަރާދެއްވާށެވެ.! އެހިނދު މުޙާޖިރިއްޔް ބޭކަލުން އެކަލޭގެފާނުގެ އަރިހުގައި ސާބިތުތިއްބަވާނޭކަން ބަޔާންކުރެއްވިއެވެ. ޚުތުބާގައި ވެއެވެ.

ބަދުރު ހަނގުރާމައިގެ މަތިވެރި ނަޞްރުން ލިއްބައިދޭ އަނެއް ފިލާވަޅަކީ، މުއުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ، ދުޢާ ދެންނެވުންކަމެވެ. ބަދުރު ހަނގުރާމައަށް ތައްޔާރު ވަމުންދިޔަ ހިނދު، ކީރިތި ރަސޫލާ ދެއަތްޕުޅު އުފުއްލަވައި، ﷲގެ ހަޟްރަތުގައި ނަޞްރަށް އެދިވަޑައިގެން އާދޭސް ދަންނަވައި ދުޢާ ކުރައްވަމުން ގެންދެވިއެވެ.

“ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. ޤުރައިސުންގެ ބޮޑުން، ކިބުރުވެރިކަމާއެކު، އެމީހުންގެ އަސްވާރުންނާއިގެން، އައިސް އެތިބީ، އެބަ ﷲ އަށް ޢަދާވާތްތެރިވި، އިބަ ރަސްކަލާނގެ ރަސޫލާ ދޮގުކޮށްފައެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އިބަ ރަސްކަލާނގެ އެއުރެންގެ މައްޗަށް ދެއްވާނެކަމަށް ވަޢުދުވެ ވޮޑިގެންފައިވާ ނަޞްރު، މިއަޅާއަށް ދެއްވާނދޭވެ! އަދި މިއަޅާއަށް އިބަރަސްކަލާނގެ ދެއްވަން އިރާދަކުރެއްވި ކަންތައް ފުއްދަވައި ދެއްވާނދޭވެ!