English Edition
Dhivehi Edition
ފޮޓޯ: ދަ ނޭޝަން ތައިލެންޑް

ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ތައިލެންޑުން ވަގަށް ބޭރުކުރަން އުޅުނު ދިވެއްސަކު ހައްޔަރު ކޮށްފި އެވެ.

“ދަ ނޭޝަން ތައިލެންޑު” ގައި ބުނެފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ. އަދި އެ ގައުމުން ބޭރުކުރަން އުޅުނީ ބަކަމޫނު ތަކެކެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕާކް، ވައިލްޑްލައިފް އަދި ޕްލާންޓް ކޮންސަވޭޝަން (ޑީއެންޕީ) އާ ހަވާލާދީ ދަ ނެޝަން ތައިލެންޑް ނޫހުން ބުނެފައިވަނީ އެއީ ބްލެކް ހޯކް، ބަފީ ފިޝް އައުލް އަދި ބެއަރޑް އީގަލް އައުލް ތަކެއް ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ މީހާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ތައިލެންޑްގެ ސުވަރުނަބޫމީ އެއަރޕޯޓް ޕޮލިހަށް މިހާރުވަނީ ހެކި ހުށަހަޅާފަ އެވެ. އަދި ދޫނިތައް ވެސް މިހާރުވަނީ ޑީއެންޕީގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ތައިލެންޑުގެ ނޫސްތަކުގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި އެދޫނިތައް ބަންދުކޮށްފައި ހުރީ ލަގެޖުގައި ވަށިގަނޑުތަކަށް އަޅާފަ އެވެ.