English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް ޢަބްދުﷲގެ މަންމަ ނިޔާވެއްޖެއެވެ.

ގއ. ދާންދޫއަށް އުފަން އެރަށު ކަކާގޭ ފާތިމަތު ސަކީނާ ނިޔާވީ ހޯމަ ދުވަހުއެވެ.

ސަކީނާ ނިޔާވިއިރު ޢުމުރަކީ 77 އަހަރެވެ.

ފާޠިމަތު ސަކީނާ ގެ މައްޗައް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ޔަޢުޤޫބްގެ މަންމަ ނިޔާވުމާއި ގުޅިގެން އެމްޑީޕީން މިއަދު ކުރި ޓްވީޓެއްގައިވަނީ، އެ ހިތާމައިގައި އެ ޕާޓީން ބައިވެރިވާކަމަށާއި މަރްހޫމާގެ ފުރާނައަށް ރަހުމަތް ލައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދޭކަމަށް ބުނެފައެވެ. ޔައުގޫބްގެ މަންމަ ގެ ވަކިވެ ދިއުމާގުޅިގެން މެންބަރުންނާއި، ސިޔާސީ އެކިއެކި ފަރާތްތަކާއި ޢާއްމުން ވެސް ދަނީ ޔައުގޫބް އަށް ތައުޒިޔާ ދަންނަވަމުންނެވެ.